ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ(ބީސީސީއާއި) އިން އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއަށް އެވޯޑު ދިން ރަސްމިއްޔާތުގައި ދަނޑުގައި އެކްޓަރު އަދި އޭނާގެ އަންހެނުން އަނުޝްކާ ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިންޑިއާގައި ގިނަ ބަޔަކު ލޯބިކުރާ ކްރިކެޓް ކުޅުންތެރިޔާ ވިރާޓްއަކީ ބެޓް ކުރުމަށް މޮޅު ކުޅުންތެރިއެކެވެ. އަދި އޭނާއަށް އެކަމުގެ އެވޯޑު ދިން ރަސްމިއްޔާތުގައި އޭނާގެ އަންހެނުން ކައިރީގައި ހުންނަ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ނަމަވެސް ގިނަ ބަޔަކު ވަނީ އެ ފޮޓޯ އާންމުކޮށް ފާޑުކިޔާފަ އެވެ. އަދި އަނުޝްކާ ކްރިކެޓް ކުޅޭ ދަނޑުގައި ހުރެގެން ނުވާނެ ކަމަށް އާންމުން ބުނަމުންދެ އެވެ.

އޭގެ އިތުރުން، ވިރާޓަށް އެވޯޑު ލިބުނު ތަނުގައި ހުރުން ހައްގުވަނީ ހަމައެކަނި ވިރާޓަށް ކަމަށާއި، އެއީ އޭނާގެ ބުރަ މަސައްކަތް ފާހަގަކުރުމަށް ކަމަށް އާންމުން ބުނެފައިވެ އެވެ.

އެއްބަޔަކު އެކަމަށް ނުރުހުން ފާޅުކޮށްފައިވާއިރު، އެކަމަށް ގިނަ ބަޔަކު ރައްދު ވެސް ދީފައިވެ އެވެ. އެގޮތުން ވިރާޓުގެ ހަޔާތަށް އައި އެފަދަ ބޮޑު ދުވަހެއްގައި އާއިލާ ހުރުމަކީ މައްސަލައެއް ނޫންކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އަދި އެއީ އިންޑިއާ ސަގާފަތުގައިވާ ކަމެއް ކަމަށް ވެސް ގިނަ މީހުން ބުނެފައިވެ އެވެ.

އަނުޝްކާ އަކީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކުގައި ޖާގަ ހޯދައި، ކާމިޔާބު ރޯލުތަކެއް އަދާކޮށްފައިވާ ފަންނާނެކެވެ. އަދި ވިރާޓަކީ، ވެސް އިންޑިޔާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިކެޓާ އެކެވެ.

އެ ދެފަންނާނުންގެ ކައިވެންޏަށް މިހާރު ފަސް އަހަރު ފުރިފައިވާއިރު، އެ ދެމަފިރިންނަށް ވަނީ އަންހެން ކުއްޖެއް ވެސް ލިބިފަ އެވެ.