މާލެއާއި ވިލިމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނީ، ވިލިމާލޭގައި ހުންނަ މިސްކިތް ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށެވެ. އަދި މިސްކިތް ސަރަހައްދުން ކަރަންޓު ކެނޑޭނީ މިއަދު 9:30 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މަޖީދީމަގުގެ ގަލޮޅު ސަރަހައްދުންނާއި، ދޮނަދަރާދަ ހިނގުމުގެ އިތުރުން އަމީނީމަގު އަދި ކޮއިމަލާ ހިނގުން ހިމެނޭ ސަރަހައްދުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށެވެ. އަދި އެ ހިދުމަތްތައް މެދުކެނޑޭނީ މިއަދު ހެނދުނު 10:00 އިން 11:00 އަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، އެސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ ކުރަންޖެހޭ މަސައްކަތެއް ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި އެމަސައްކަތް ނިމުނުހާ އަވަހަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދޭނެކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. ހަމައެހެންމެ އެ ވަގުތުތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.
 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
			މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
		 ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
			ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					