ފަލަސްތީނުގެ ސުލްހައިގެ އިސް މަންދޫބު އަދި ޕީއެލްއޯގެ ތަރުޖަމާނުކަން އެތައް އަހަރެއް ވަންދެން ކުރައްވާފައިވާ ސައިބް އުރައިގާތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންގެންދަނިކޮށް މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 65 އަހަރުގެ އުރައިގާތަކީ ފަލަސްތީނުގެ ވެރިކަންކުރާ ފަތަހު ޖަމާއަތުގެ އިސް މެމްބަރެއް ވެސް މެ އެވެ.
މީގެ އިތުރުން ސައިބް ވަނީ އެމެރިކާއިން އިންތިޒާމުކުރި ފަލަސްތީނައި އިޒްރޭލުގެ ސުލްހައިގެ ވާހަކަތަކުގައި ފަލަސްތީނު ލިބަލޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި އެގެ އެންމެ ވަރުގަދަ ފެކްޝަން ކަމަށްވާ ފަތާހްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ.
ސައިބް އަކީ ފަލަސްތީނާއި އިޒްރޭލާއި ދެމެދުގައި އޮތް ހަމަނުޖެހުން ހައްލުކުރުމަށް "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ދެ ގައުމު އުފެއްދުމަށް ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ބޭފުޅެކެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިން ހިސާރުކޮށްގެން ތިބޭ ތިބުމާ ވެސް ވަރަށް ދެކޮޅު ބޭފުޅެކެވެ.
އުރައިގާތު ކޮވިޑް-19 އަސް ޕޮޒިޓިވްވެފައިވާ ކަން ހާމަކުރައްވާފައިވަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގަ އެވެ. 2017 ވަނަ އަހަރު އޭނާ ވަނީ އެމެރިކާއިން ފުއްޕާމޭގެ ޓްރާންސްޕްލާންޓެއް ހައްދަވާފަ އެވެ. އޭގެ ސަބަބުން އޭނާގެ ދިފާއީ ނިޒާމު ވަނީ ދަށަށް ގޮސްފަ އެވެ.
ޓެކްސީ ލައިން: ކާރެއް މަގު މެދަށް ހުއްޓި މުޅި މަގު ބްލޮކުވެއްޖެ
އެއްބަސްވުމަކަށް އައުމަށް އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް
ކިޔު ބަންދުކޮށްފި، 5:30 ގައި ވޯޓު ގުނަން ފަށަނީ
