ޔޫކްރޭނާއި ރަޝިޔާއާ މެދުގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރަޝިޔާގައި ކިޔަވަމުން ގެންދާ ދިވެހި ދަރިވަރުން ރާއްޖެ އަންނަން ތައްޔާރުވާން ފަށައިފި އެވެ.

ރަޝިޔާގައި ކިޔަވާ ދިވެހި ދަރިވަރަކު ބުނީ، ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ޔުނިވާސިޓީތަކަށް އެދިފައިވާ ކަމަށެވެ.

އެކަން ކުރުމަށް ޔުނިވާސިޓީތަކުން ފުރަތަމަ ދެކޮޅު ހެދިކަމަށާއި، އެހެންނަމަވެސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމުން އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަށް ޔުނިވާސިޓީން އެއްބަސްވީކަމަށް ދަރިވަރުން ކިޔައިދީފައިވެ އެވެ.

ރަޝިޔާގައި މިވަގުތު 88 ދިވެހި ދަރިވަރުން ކިޔަވަމުން ގެންދާކަމަށް މައުލޫމާތުލިބިފައިވެ އެވެ.

އޭގެތެރެއިން 55 ދަރިވަރުން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ރަޝިޔާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.