ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑް ސިނަމާތަކުގައި ރަނިކަން ކުރި ޝްރީދޭވީގެ އަންހެން ދަރިފުޅު ޖާންވީ ކަޕޫރުގެ އުފަން ދުވަހާ ގުޅިގެން ގިނަ ބައެއްގެ ލޯބި ސޯޝަލް މީޑިއާގައި ދަނީ "އޮއްސަމުން"ނެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެކްޓިވްކޮށް ޖާންވީ އުޅުނު ނަމަވެސް މީގެ އަހަރުތަކެއް ކުރިން އޭނާ ކެމެރާތައް ކުރިމައްޗަށް އެރުމަށް ފަސްޖެހުނުކަން ފާހަގަ ކުރެވުނެވެ. އެގޮތުން ޖާންވީ އެންމެ ފުރަތަމަ މީޑިއާތަކާއި ކުރިމަތިލައި ވާހަކަދެއްކީ އޭނާގެ އުމުރުން 15 އަހަރުގަ އެވެ. އެއީ އޭނާ މަންމަ ޝްރީދޭވީއާ އެކު ދިޔަ އިވެންޓެއްގަ އެވެ.

އެ އިވެންޓުގައި ޖާންވީގެ ފަރާތުން ފެނުނު މަންޒަރުގެ ސަބަބުން އޭނާގެ މަންމަ ވަނީ އެކަން ފާހަގަކޮށް ނުހުރުން ފާޅުކޮށްފަ އެވެ. ޖާންވީގެ މަންމަ ނުރުހުން ފާޅުކޮށްފައިވަނީ، ޖާންވީއަށް ރަނގަޅަށް ހިންދީން ވާހަކަދައްކަން ނޭނގުމުގެ ސަބަބުންނެވެ. އެ ވަގުތު ޖާންވީ ދިޔައީ އިންޓަވިއު ނަގަމުންދިޔަ ނޫސްވެރިންނަށް ހިންދީއާ އިނގިރޭސި ބަސް އެއްކޮށްލައިގެން ވާހަކަ ދައްކަމުންނެވެ.

ޖާންވީ ވާހަކަ ދައްކަމުންދިޔަ ވަގުތު ޝްރީދޭވީ ވަނީ އޭނާ އަތުން ވަގުތުން މައިކު އަތުލާފަ އެވެ. އަދި ޖާންވީއަށް ހިންދީން ވާހަކަ ދައްކަން ނޭނގުމުގެ ސަބަބުން އޭނާއަށް ހިންދީން ޖަވާބުދޭން ނޭނގޭ ކަމަށް ބުނެ ޝްރީދޭވީ ވަނީ މަލާމާތްކޮށްފަ އެވެ.

ޝްރީދޭވީ ވަނީ ޖާންވީގެ ފިލްމީ ކެރިއަރުގައި އޭނާއަށް އެއްބާރުލުންދީފަ އެވެ. ޝްރީދޭވީ މަރުވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 24 ގަ އެވެ.