ކުރިއަށް އޮތް ރޯދަ މަހުގައި ކައިވެނިކޮށްދޭ ވަގުތުތައް ފެމިލީ ކޯޓުން ކަނޑައަޅައިފި އެވެ.

ފެމިލީ ކޯޓުން ކުރި އިއުލާނުގައި ބުނީ ރޯދަމަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ، ރަސްމީ ގަޑިއެއް ނަމަ ހެނދުނު 9:30 އިން މެންދުރު 12:30 އާއި ހަމައަށް ކަމަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ރޭގަނޑު 9:30 އިން މެންދުރު 12:30 އާއި ހަމައަށް ކައިވެނިކޮށްދޭނެކަމަށް އެކޯޓުން ބުނެފައިވެ އެވެ.

ފެމިލީ ކޯޓުން ބުނީ، ރޯދަމަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުވެސް ކައިވެނިކޮށްދިނުމުގެ ކަންކަން ކުރިއަށްދާނީ، ރޯދަމަހަށް ކަނޑައެޅި ވަގުތުތަކަށް ކަމަށެވެ.

އެ ކޯޓުން މިހާރު، ރަސްމީ ގަޑީގައި ކައިވެނިކޮށްދޭ ގަޑިއަކީ ހެނދުނު 9:00 އިން 11:30 އަށާއި، މެންދުރުފަހު 1:00 އިން 1:30 އެވެ. އަދި ނުރަސްމީ ގަޑިތަކުގައި ހަވީރު 4:00 އިން ރޭގަނޑު 9:30 އާއި ހަމައަށް ކޯޓުން ކައިވެނިކޮށްދެ އެވެ.

މީގެ ކުރިން ފެމިލީ ކޯޓުން ކައިވެނިކޮށްދެނީ އެކޯޓުން ކަނޑައަޅާ ވަކި ދުވަސްތަކެއްގަ އެވެ. އެހެންނަމަވެސް އެންމެ ފަހުން އާންމުކުރި ގަވާއިދުގެ ދަށުން ހަފްތާގެ ކޮންމެ ދުވަހެއްގައިވެސް ކައިވެނިކޮށްދިނުމަށް އެކޯޓުން ވަނީ ނިންމާފަ އެވެ.