އައްޑޫ ލިންކް ރޯޑުގައި 70 ވަރަކަށް އަހަރުވެފައި ހުރި ގިނަ އަދަދެއްގެ ރުއްތަކެއް ކަނޑާލި ނަމަވެސް އާންމުން އަދި ރުޅިގަދަވާން ނުޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ ލިންކު ރޯކުގައި ހުރި ގިނަ އަދަދެއްގެ ރުއްތަކެއް ކަނޑާލުމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ އާންމުން ރުޅިގަދަވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ރުއްތަކުން އާންމުންނަށް ފައިދާއެއް ނުވާ ކަމަށެވެ.

"އެއަކުން އަޅުގަނޑުމެންނަށް ކާއްޓެއް ލިބެނީއެއް ނޫން. އެއަކުން ހިޔަލެއް ވަނީއެއް ނޫން، ނުރައްކާވާ ކަމެއް. ދެން އާއްމުން ރުޅި އަންނަން ޖެހޭ ސަބަބެއް ނެތް،" ނިޒާރު ވިދާޅުވި އެވެ.

ރައީސް ސޯލިހާއި އައްޑޫގެ މޭޔަރު އަލީ ނިޒާރު

ނިޒާރު ވިދާޅުވީ ރަނގަޅު ކަމެއް ވިޔަސް އަދި ގޯސް ކަމެއް ވިޔަސް ގިނަ ފަހަރު ކޮންމެވެސް އެއްޗެކޭ ބަޔަކު ކިޔަންޖެހޭނެ ކަމަށާއި އެހެންވެ ކިޔަނީ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ނިންމި ނިންމުމެއް ކަމަށާއި މީގެ ބަދަލުގައި އިންދަންޖެހޭ ރުއްތައް އިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

https://hurihaa.mv/11779

ކައުންސިލުން ބުނިގޮތުގައި ރުއްތައް ކަނޑާފައިވަނީ އެންވަޔަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ލިބިގެންނެވެ.