ރާއްޖޭގެ ކަނޑުފަޅުގައި އެތައް ސަތޭކަ ބާވަތެއްގެ މަސް އުޅުނުކަމަށް ވިޔަސް، "ފިނިފެންމާ"ގެ ނަމުން ނަންދިން މިމަހަކީ ސައިންޓިފިކް ނަން ފިޔަވައި ދިވެހި ބަހުން މަހުގެ އާ ބާވަތަކަށް ނަން ދިން ފުރަތަމަ ފަހަރެވެ.

"ޒޫކީސް" ޖާނަލްގައި ބަޔާންކޮށްފައިވާ އާ ސައިންސް ރޯޒް-ވެއިލްޑް ފެއަރީ ވެރާސޭ (ސިރަހިލާބްރޫސް ފިނިފެންމާ) އަކީ ދިވެހި ބަހުން އެންމެ ފުރަތަމަ ނަން ދިން ކަނޑުގެ ދިރުމެވެ. އެ ދިރާސާ އާއްމުކުރުމާއެކު ރާއްޖޭގައި އުޅޭ ހިކާގެ އާ ބާވަތަކަށް ދިން އެ ނަން މިހާރު ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފަ އެވެ. ދުނިޔޭގެ ބޮޑެތި ޖާނަލްތަކާއި މަޝްހޫރު ހަބަރުފަތުރާ ވަސީލަތްތަކުން ވެސް ވަނީ މިވާހަކަ ގެނެސްދީފަ އެވެ.

ޒޫކީސް" ޖާނަލްގައި މިދިޔަ އަންގާރަދުވަހު ޝާއިއުކުރި ދިރާސާ އިތުރަށް ހާއްސަވާ ސަބަބަކީ އަލަށް ރާއްޖެ އިން ފެނުނު ކަނޑުގެ ދިރުމެއް މަހުގެ އާ ބާވަތެއްގެ ގޮތުގައި ކަނޑައަޅައި ނަން ދިނުމުގެ ސައިންޓިފިކް މަސައްކަތުގައި ދިވެހި ދިރާސާވެރިއަކު ވެސް ރަސްމީކޮށް ބައިވެރިވުމެވެ. ރާއްޖެ އިން ފެނުނު މަހެއް އާ ބާވަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ދިރާސާއެއް ލިޔުމުގައި ބައިވެރިވި ފުރަތަމަ ދިވެއްސަކީ މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި)ގެ ބަޔޮލޮޖިސްޓް އަހުމަދު ނަޖީބެވެ.

ދިވެހި މެރިން ބަޔޮލޮޖިސްޓް އަހުމަދު ނަޖީބު މަހާ ބެހޭ ދިރާސާގައި.

ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސް، ޔުނިވާސިޓީ އޮފް ސިޑްނީ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އަދި ފީލްޑް މިއުޒިއަމްގެ ސައިންސްވެރިން ގުޅިގެން މި ހޯދުން ހޯދާފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުރަކަ ފަރުތައް މިހާރަށް ވުރެ ރަނގަޅަށް ދެނެގަނެ ހިމާޔަތްކުރުމުގެ މަގްސަދުގައި އެކަޑަމީގެ ހޯޕް ފޯ ރީފްސް އިނީޝިއޭޓިވްގެ ދަށުންނެވެ.

1990ގެ އަހަރުތަކުގައި ދިރާސާކުރާ ފަރާތްތަކުން އެންމެ ފުރަތަމަ އެއްކުރި ސީ ފިނިފެންމާއަކީ ރާއްޖޭގެ ދެކުނުން 1000 ކިލޯމީޓަރު (621 މޭލު) ދުރުގައި އޮންނަ ޖަޒީރާ ޗެއިންއެއް ކަމަށްވާ ޗާގޯސް އާކިޕެލަގޯގެ އެއް ޖުވެނައިލް ސާންޕަލެއްގެ މައްޗަށް ބިނާކޮށް ސިފަކޮށްފައިވާ ސީރިލާބްރޫސް ރުބްރިސްކުއާމިސްގެ ތަފާތު ވައްތަރެއްގެ ދޮށީ މަހެއް ކަމަށް ފުރަތަމަ ހީކުރެވުނެވެ.

ނަމަވެސް ސީ. ފިނިފެންމާ ހޯދި ސައިންސްވެރިން އެ މަހުގެ އާއްމު ނަމެއްގެ ގޮތުގައި ކަނޑައެޅީ "ރޯޒް ވެއިލްޑް ފެއަރީ ރަސް" އެވެ.

އެ ދިރާސާގެ އިސް އެކަކު އަދި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ބަޔޮލޮޖިސްޓް އަހުމަދު ނަޖީބު ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން މީގެ ކުރިން ފެނުނު މަހުގެ ބާވަތްތަކަށް ނަންދެނީ ރާއްޖޭގެ ސައިންސްވެރިންގެ މާބޮޑު ބައިވެރިވުމެއް ނެތި، އަބަދުވެސް ބޭރުގެ ސައިންސްވެރިންނެވެ.

"މި ފަހަރު ތަފާތު، ފުރަތަމަ ފަހަރަށް ކަމެއްގައި ބައިވެރިވުމަކީ ހަގީގަތުގައި ވަރަށް އަޖައިބުވާ ކަހަލަ ކަމަކަށް ވެގެން ދިޔައީ. ހާއްސަކޮށް މިފަދަ ހިތްގައިމު އަދި ރީތި ބާވަތެއްގެ މަހެއް ހޯދުމުގައި އިސް އައިޗީތިއޮލޮޖިސްޓުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ،" ނަޖީބު ބުންޏެވެ.

ހަމައެކަނި މި މަހުގެ ބާވަތް ދެނެގަނެވުނު ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރޯސް-ވެއިލްޑް ފެއަރީ ވެރާސްއަކީ މިހާރު ވެސް ދިރޭ މަސް ގެންގުޅޭ މީހުން އާއްމުކޮށް ގެންގުޅޭ ބާވަތުގެ މަހެއް ކަމަށެވެ.

ދިވެހި މެރިން ބަޔޮލޮޖިސްޓް އަހުމަދު ނަޖީބު "ފިނިފެންމާ"ގެ ނަންދިން ހިކާގެ ބާވަތް.

"މި ބާވަތްތަކަކީ ވަރަށް އާއްމު ބާވަތްތަކެއް އަދި މިހާރު މާބޮޑު ނެތިދިއުމުގެ ނުރައްކަލެއް ނެތް ނަމަވެސް، ސައިންޓިފިކް ނަމެއް ދިނުމުގެ ކުރިން މިހާރު ވެސް މިމަހުގެ ވިޔަފާރި ކުރަމުން އައުމަކީ ކަންބޮޑުވާ ކަމެއް،" ހޯޕް ފޯ ރީފްސް އިނީޝިއޭޓިވްގެ ކޯ-ޑައިރެކްޓް ކުރާ އައިޗްތިއޮލޮޖީ ލުއިޒް ރޮޗާގެ ސީނިއާ ލިޔުންތެރިޔާ އަދި އެކަޑަމީ ކިއުރޭޓާ އޮފް އައިޗްތިއޮލޮޖީ ލުއިޒް ރޮޗާ ވިދާޅުވި އެވެ.

"މުރަކަ ފަރުގެ މާހައުލުން މި އަންގައިދެނީ އަދިވެސް ކަނޑުގެ ދިރުން ނޭނގި އޮތީ ކިހާ މިންވަރަކަށްކަން."

މިދިޔަ މަހު ހޯޕް ފޯ ރީފްސްގެ ދިރާސާކުރާ ފަރާތްތަކުން ވަނީ ރާއްޖޭގެ "ޓްވައިލައިޓް ޒޯން" ފަރުތަކުގެ ފުރަތަމަ ސާވޭތައް ކުރިއަށް ގެންގޮސް، ކަނޑުގެ ސަތަހައިގެ އަޑިން 50-150 މީޓަރު (160-500 ފޫޓާ ދެމެދުގެ) ދުރުން ފެނުނު މުރަކައި އީކޯ ސިސްޓަމްތަކުގެ ފުރަތަމަ ސާވޭތައް ކުރިއަށް ގެންގޮސްފަ އެވެ.

"ފިނިފެންމާ" އާއި "ނިއު-ސައިންސް"ގެ މަދުވެގެން 8 ބާވަތެއްގެ ބާވަތްތައް އަދިވެސް ހޯދިފައެއް ނުވެ އެވެ.

ރާއްޖޭގެ މުރަކަ ފަރުތަކުގެ ދިރުންތައް އާލާކޮށް، މުރަކަ އާލާކުރުމުގެ ކުރިމަގެއް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ގުޅުމެއް އޮތުމަކީ މުހިންމު ކަމެކެވެ.

"އެކަޑަމީ ފަދަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމުން މި ދާއިރާއިން އިލްމު އުނގެނި އަޅުގަނޑުމެންގެ ދިވެހިން ބިނާކުރުމަށް އެހީތެރިވެދޭ. މިއީ އަދި ފެށުމެއް. އަޅުގަނޑުމެން މިހާރު ވެސް މިދަނީ އިތުރު ޕްރޮޖެކްޓްތަކުގައި އެކުގައި މަސައްކަތް ކުރަމުން،" ނަޖީބު ބުންޏެވެ.

"އަޅުގަނޑުމެންގެ މި ޕާޓްނަޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ކަނޑުގެ އިކޯސިސްޓަމްތަކާއި އެތަންތަނުގެ ދިރުންތަކާއި ކަނޑުގެ އިކޯސިސްޓަމްތަކުގެ އަޑި ނޭނގޭ ފުންމިން ރަނގަޅަށް ދެނެގަނެވޭނެ. އަޅުގަނޑުމެންނަށް އިނގޭ އަދި އަޅުގަނޑުމެންނަށް އެއްކުރެވޭ ސައިންޓިފިކް ހެކިތައް މިހާރަށްވުރެ މާ ބޮޑަށް، އަޅުގަނޑުމެންނަށް އެތަކެތި ރައްކާތެރިކުރެވޭނެ." -- ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސް

އެޑިޓަރުގެ ނޯޓް: މިއީ ދިވެހި ބަހުން ފުރަތަމަ ފަހަރަށް ނަން ދިން މަހުގެ ބާވަތާ ބެހޭ ގޮތުން އެމެރިކާގެ ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސްގެ ވެބްސައިޓްގައި ލިޔެފައިވާ ލިޔުމެއްގެ ހުލާސާ ތަރުޖަމާއެކެވެ.