ރާއްޖެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
12 ކިލޯގެ މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކޮށްފައިވާއިރު، އެއީ އިންޑިއާއަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތުލިބެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެތަކެއްޗާއެކު އޭނާ ފެނިފައިވަނީ ފުލުހުން، ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން އުމުރުން 37 އަހަރުގެ އިންޑިއާ މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ، 12 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަނެފައިވާ އިންޑިއާ މީހަކީ، ދެފަހަރެއްގެ މަތިން އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާނެކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އުނގޫފާރު ބަޔަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
ވިއްސަކަށް އަހަރުގެ ހިދުމަތަށް ފަހު ފަނޑިޔާރު މާހިރު ރިޓަޔާކުރަނީ
އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އާއި ޝަމްއޫންގެ ނަން

ތިޔަހެން އުޅެނިކޮށް ބޮޑުބޭބެ ރުޅިއައިސްފާނެ.
ވީއެންމެ އަވަހަކައް އެސޮރު އަތުން އަތުލި ސާމާނުކޮޅުދީފަ އެސޮރު ދޫކޮލަންފެނޭ އެއީ އިންޑިއާ މީހެއް