މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ އާއިލާއިން ބޭނުންވާނަމަ، މާވިންގެ މައްޗަށް ގިސާސް ހިފޭނެ ކަމަށް ދައުލަތުން ބުނެފި އެވެ.
މޭރީ މަރާލުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި އޭނާގެ ފިރިމީހާ މާވިން އާއި މޭރީއަކީ ޣައިރު މުސްލިމުން ކަމަށްވާތީ، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މޭރީގެ އާއިލާއިން އެދޭނަމަ، މާވިންގެ މައްޗަށް ގިސާސްގެ ހުކުމް ތަންފީޒުކުރެވޭނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ މަރާލި މައްސަލާގައި، ހައްޔަރު ކޮށްފައިވަނީ މާވިން އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އެވެ. އެދެމީހުންގެ ޝަރީއަތް ވަކިވަކިން ކުރިއަށް ގެންދާއިރު، މިއަދު ކުރިއަށްދިޔަ މާވިންގެ ޝަރީއަތުގައި ދައުލަތުން ވަނީ އޭނާ ކުރި ކުށުގެ އަސާސީ އަދަބަކީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކަން ފާހަގަކޮށްފަ އެވެ.
އެހެންނަމަވެސް އިސްލާމީ ޝަރީއަތް ތަންފީޒުކުރަން އޮންނައިރު، ވާރިސުންގެ ބަސް ނަގައި، މޭރީ މަރާލި ކުށުގެ އަދަބު ބޭނުންވާނަމަ، އެ ފުރުސަތު އޮންނާނެކަމަށް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.
މޭރީގެ ފިރިމީހާ ކަމަށްވާ މާވިންއަށް ދައުލަތުން ދައުވާ އުފުލާއިވާއިރު، އޭނާގެ މައްޗަށް ކުރީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ.
ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދީ އިންޑިޔާއަށް ފޮނުވައިގެންނެވެ. އެ ޕޯސްޓްމޯޓަމް އިން ދެއްކީ މޭރީ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެހެން ނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.
މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، ލަމްހާއާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.
 އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
			އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					