ބޮލީވުޑަށް ވިދާލި މަޝްހޫރު ނޯރާ ފަތެހީ ރީނދޫ ކުލައިގެ ސާޅިއެއް އެޅުމުން ގިނަ ބަޔަކަށް ކަމުގޮސްފި އެވެ.

ރީނދޫ ކުލައިގެ ސާޅިއެއްގައި ނޯރާ، އޭނާގެ ވޭނުން ފައިބައިގެން ހިނގާލާފައިދާ މަންޒަރު ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ، އެ ޕޯސްޓަށް އޭނާ ކުޅެފައިވާ ލަވައަކަށް ކިޔާ ނަމުން ކޮމެންޓުކޮށް ތައުރީފުކޮށްފަ އެވެ.

https://www.instagram.com/p/CbKSDDJqsgC/

އެގޮތުން ފޭނުން ވަނީ "ހާޔެ ގަރްމީ" ކިޔައި ނޯރާގެ ޕޯސްޓަށް ކޮމެންޓު ކޮށްފަ އެވެ. ނޯރާގެ ރީތިކަމާއި މޮޅު ނެށުންތަކުން އޭނާ ކުޅޭ ކޮންމެ ލަވައެއް ވެސް ފުރިިހަމަ ކޮށްދެ އެވެ.

އެހެންނަމަވެސް ނޯރާ މަޝްހޫރީ ނެށުމުގެ ދާއިރާއިން އެކަންޏެއް ނޫނެވެ. އޭނާ އަކީ ފެޝަންގެ ދާއިރާގައި ވެސް މިހާރު ނަން ހިނގާ ތަރިއެކެވެ.

މިހާރު ނޯރާގެ ކޮންމެ ފެނިލުމަކަށް ކެތްމަދުވެފައި ތިބޭ އެތައް ބަޔަކު ތިބެ އެވެ. އަދި އޭނާ ހެދުން އަޅައިގެން ހުންނަ ރީތި ގޮތުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދަ އެވެ.