ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރި އާމިރު ޚާން އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯއާ ވަރިވާން ޖެހުނީ އާމިރު، އެހެން މީހެއް ދެކެ ލޯބި ވެވުމުގެ ސަބަބުންނެއް ނޫންކަމަށް އޭނާ ބުނެފި އެވެ.
އާމިރާއި ކިރަން، 2005 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު، ފޭނުން ވަނީ އެދެމީހުންގެ ކައިވެނީގެ ނިމުމުގެ ސަބަބަކީ ފާތިމާ ސަނާ ޝެއިޚް އާއި އާމިރާ ލޯބީގެ ގޮތުން ގުޅުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ. އާމިރު ވަނީ ކައިވެނި ނިމުމަކަށް ގެނައުމަށް ފަހު ވަރަށް އަވަހަށް އިތުރު ކައިވެންޏެއް ކުރާނެ ހަބަރު މީޑިއާތަކާ ހިއްސާކޮށްފަ އެވެ.
ނަމަވެސް އެއީ ކިރަންއާ ވަރިވާންޖެހޭ ސަބަބެއް ނޫންކަން ފާހަގަކޮށް އޭނާ ބުނީ ކައިވެނިކޮށްފައިވާ ދެމީހުން ވަކިވާން ޖެހުމަކީ އެ ދެމީހުން ރުޅިއައިސްގެން ތިބެން ޖެހޭ ކަމެއް ނޫނެވެ. ހަމައެހެންމެ އެކަކު އަނެކަކު ނިންމާ ނިންމުންތަކަށް ގަދަރު ކުރަން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އާމިރު ބުނިގޮތުގައި އޭނާގެ އަންހެނުންނާ ވަކިވީ، ކައިވެންޏަށް ކުރާ ގަދަރުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު އާމިރު އޭނާގެ ދެވަނަ އަނބިމީހާ ކިރަން ރާއޯ ވަރިކުރި ހަބަރު ވެގެންދިޔައީ ބޮލީވުޑްގެ އެންމެން ވެސް ސިއްސުވާލި ހަބަރަކަށެވެ.
އާމިރު ކައިވެނިކުރާނެ ކަމުގެ ހަބަރު ދިން ނަމަވެސް، އޭނާގެ ލޯބިވެރިޔާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ފޭނުން މިހާރު ވަނީ އެއީ ފާތިމާ ސަނާ ޝެއިޚްކަން ދެނެގަނެފަ އެވެ.