މި ހަފްތާގައި މާލޭގައި ބާއްވަން ހަމަޖެހުނު "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ނުގެންދެވޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު އެކަމަށް ރައްދު ދެއްވައިފި އެވެ.
މިމަހުގެ 25 ވަނަ ދުވަހު، ވެރިރަށް މާލޭގައި ބޭއްވުމަށް ނިންމައިފައިވާ "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ އެކަމާ ގުޅިގެން އެ ހަރަކާތް އިންތިޒާމުކުރައްވާ ބޭފުޅުންނާއި ފުލުހުންނާ މުއާމަލާތް ކުރެވެމުންދާ ކަމަށެވެ.
އޭގެ އިތުރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެފަދަ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެކަން މިހާރު އެ ހަރަކާތް އިންތިޒާމުކުރައްވާ ބޭފުޅުންނަށް އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހަރަކާތް ނުބޭއްވޭނެ ކަމަށް އިދިިކޮޅު ފަރާތްތަކަށް އެންގެވި ކަމަށް ވިދާޅުވެ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްދެވީ އިތުރުފުޅެއް ކަމަށް މިނިސްޓަރު އިމްރާން އަދި އެއްބަސްވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ޔޫޓީއެފް ފަދަ ނުރައްކާތެރި އެއްބަސްވުންތައް ފެނިފައި ނުވާ ކަމަށް މީގެ ކުރިން ހޯމް މިނިސްޓަރު މަޖިލިސްގައި ވިދާޅުވެފައިވާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައިވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅާ ފާސްކުރި ނަމަވެސް އެފަދަ ގާނޫނަކަށް އަމަލުނުކުރައްވާނެ ކަމަށް އިދިކޮޅު ކޮލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އިދިކޮޅުން ވެރިރަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތަކީ "ނޭވާހޮޅިޔަށް" ނަމުގައި ބޭއްވުމަށް ހަމަޖައްސައިފައިވާ ހަރަކާތެކެވެ.
 މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
			މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
		 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					