ކާބޯތަކެތީގެ ވިޔަފާރި ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިގެން ހާއްސަ އިވެންޓެއް ބޭއްވުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ނިންމައިފި އެވެ.
ބީސީސީން އިންތިޒާމުކޮށްގެން ކާބޯތަކެތި ވިއްކުމުގެ ފުރުސަތު ދިނުމަށް މި އިވެންޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭގަ އެވެ. "އެސްއެމްއީ ފުޑް އިވެންޓް"ގެ ނަމުގައި މި އިވެންޓް ބާއްވާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
އިވެންޓްގެ ހަރަތާކްތައް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 4 އިން އިރުއޮއްސި 6، އަދި ރޭގަނޑު 8 އިން 10 އަށެވެ. މި އިވެންޓް ބާއްވާނީ އާންމުންނަށް ހިލޭ ވަދެވޭ ގޮތަށެވެ.
ބީސީސީން ބުނާގޮތުގައި މި އިވެންޓުގައި ގޭގައި އަމިއްލައަށް ތައްޔާރުކުރާ ތަކެތި ވިއްކުމުގެ ފުރުސަތު ބައިވެރިންނަށް އޮންނާނެ އެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ހާއްޞަ ފޯމެއް ބީސީސީއަށް ހުށަހަޅަން ޖެހޭނެކަމަށް ބީސީސީން ބުނެ އެވެ.
ފޯމު ހުށަހަޅައި އިވެންޓުގައި ބައިވެރިވުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1200ގެ ނިޔަލަށެވެ.
ރޭގަނޑު ލަހުން ކާނަމަ ބަރުދަން އިތުރު ވޭތަ؟ ޑޮކްޓަރެއްގެ ޖަވާބު!
އިންޒާރު: ހޫނުކޮށް ސައި ބުއިމަކީ ކެންސަރަށް މަގުފަހިވާ ކަމެއް!
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި
