ބޮލީވުޑް ފިލްމު އިންޑްސްޓްރީގައި މިވަގުތު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ފިލްމު "ދަސްވީ"ގެ ވާހަކަތަކެވެ.

އެ ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބީޝޭކް ބައްޗަންއާއި، އެކްޓްރެސް ޔާމީ ގޯތަމްގެ އިތުރުން ނިމްރަތް ކައުރް ވެސް ހިމެނެ އެވެ. ނަމަވެސް އެ ފިލްމުގެ ވާހަކަތައް އިންޑަސްޓްރީގައި ދެކެވޭ އެއް ސަބަބެއްގެ ގޮތުގައި ދީޕިކާ ވެސް ހިމެނެ އެވެ.

އެގޮތުން ޓްރެއިލާގައި ހިމެނޭ ޑައިލޮގެއް ޖުމްލައަކަށް ބަދަލުކުރުމުން، އެ ޖުމްލަ ބަދަލުކޮށްގެން ބުނެދިނުމަށް އަބީޝޭކަށް އާންމުން ވަނީ އެދިފަ އެވެ. އާންމުން އަބީޝޭކަށް ބަދަލުކުރުމަށް އެދުނު ޖުމްލަ އަކީ "ރަންވީރު ދީޕިކާދެކެ ލޯބިވޭ" އެވެ. އޭގެ ރައްދުގައި އަބީޝޭކް ބުނީ "ކޮންމެ މީހަކު ވެސް ދީޕިކާ ދެކެ ލޯބިވާ" ކަމަށެވެ.

އަބީޝޭކްގެ މި ޖުމްލައަށް ދީޕިކާ ރައްދު ދިނީ އޭނާގެ އިންސްޓަގްރާމުންނެވެ. އެގޮތުން ދީޕިކާގެ އިންސްޓަގްރާމްގައި ޕޯސްޓުކުރި ސްޓޯރީއެއްގައި ވަނީ "ޓީމް ދަސްވީ" އަށް ޝުކުރު އަދާކުރާކަމަށް ބުނެފަ އެވެ.

ދީޕިކާ އާއި އަބީޝޭކަކީ ބޮލީވުޑް ސިނަމާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެފަންނާނުންނެވެ. އެގޮތުން ދެ ފަންނާނުން ވެސް ވަނީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފަ އެވެ.