ސްރީލަންކަން އެއާލައިންސް އިން ކޮލަމްބޯ އާއި ސ. ގަމާ ދެމެދު ކުރާ ސީދާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އިން ކުރަމުން ދިޔަ ސީދާ ދަތުރުތައް ކޮވިޑް-19 އާ ގުޅިގެން ހުއްޓާލުމަށް ފަހު އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެ އެއާލައިންސް އިން އޭރު ދަތުރުތައް ފެށީ ހަފްތާއަކު އެއް ދަތުރުކުރާ ގޮތަށެވެ.
ނަމަވެސް ސްރީލަންކަން އިން މިހާރު ބުނެފައި ވަނީ ހަފްތާއަކު ދެ ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. ހަފްތާއަކު ދެ ދަތުރު ކުރަން ފަށާނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އެ އެއާލައިނުން ބުނެ އެވެ.
ސްރީލަންކަން އިން ކޮލަމްބޯއަށް ދަތުރުކުރާ ފަސިންޖަރުންނަށް އެހެން މަންޒިލްތަކަށް ކަނެކްޝަން ފްލައިޓް ލިބޭނެ އެވެ. އެގޮތުން އޭޝިއާ އަދި ޔޫރަޕަށް ވެސް ފަސޭހައިން ދަތުރުކުރެވެ އެވެ. އޭގެ އިތުރުން މަންޓާ އެއާއިން ވަނީ ގަމާއި ކޫއްޑުއާ ދެމެދު ވެސް ކަނެކްޓިވިޓީ ލިބޭ ގޮތައް ދަތުރުތައް ފަށަައިފަ އެވެ.
އެމެރިކާގެ ހަމަލާތަކަށްފަހު އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
ބްރެޑްއާއި އިނެސްގެ ގުޅުން ރަސްމީކޮށް އިއުލާން ކޮށްފި