ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ކަންނާޑާ އެކްޓަރު ޔާޝް އާއި ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން އަދި ސަންޖޭ ދަތު ފެނިގެންދާ މިފިލްމު ނެރޭ ތާރީހު، މީގެ ކުރިން ކޮވިޑާއި ގުޅިގެން އެތައް ފަހަރަކު ފަސްކޮށްފައިވެ އެވެ.

ނަމަވެސް އަނެއްކާ ވެސް މިފިލްމު ނެރުމަށް ހަމަޖެހިފައިވާ ތާރީހު އިއުލާނު ކޮށްފައިވާއިރު، މި ފިލްމު ދެން ނެރޭނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފިލްމުގެ ޓްރެއިލާ ސޯޝަލްމީޑިއާގައި އާންމުކޮށްފައި ވާއިރު، ޓްރެއިލާއަށް ވަނީ އާންމުންގެ ތައުރީފު ލިބިފަ އެވެ. އަދި ފިލްމު ރިލީޒް ކުރާނެ އިރަކަށް އިންތިޒާރު ކުރަމުން ގެންދާކަމަށް އާންމުން ބުނެފައިވެ އެވެ.

https://www.youtube.com/watch?v=JKa05nyUmuQ

"ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ވަނަ އަހަރުގެ ނުކުތް "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކުއަލް އެވެ. މި ފިލްމް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އެކި ބަސްތަކުން ފިލްމު ދައްކާފައިވެ އެވެ.

މި ފިލްމްގައި ޔާޝް ފުރަތަމަ އަދާކޮށްފައިވާ ވަރުގަދަ ރޯލުން ދެވަނަ ބައިގައި ވެސް ފެނިގެންދާއިރު، ފިލްމްގެ ކާސްޓާ އަލަށް ގުޅުނު ތަރިންނަކީ ރަވީނާ އާއި ސަންޖޭ ދަތް އެވެ. މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ފިލްމުގެ ވިލަންގެ ރޯލުންނެވެ.