އެކި ނޫސްތަކުގައި މިވަގުތު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެއްގެ ގޮތުގައި މިއަހަރުގެ އޮސްކާ އެވޯޑު ހަފްލާ ހިމެނެނީ، އެ ހަފްލާގައި ގިނަ ބަޔަކު ސިއްސުވާލި ކަމެއްގެ ސަބަބުންނެވެ.
ހަމަ އެހެންމެ ސޯޝަލް މީޑިއާގައި އެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް އާންމުވެފައިވާއިރު، ވީޑިއޯތަކުން ފެންނަނީ، އެވޯޑު ހާސިލްކުރި ވިލް ސްމިތް، ހަފްލާ ހުށަހަޅައިދޭން ހުރި ކްރިސް ރޮކްގެ މޫނުމަތީގައި ޖަހާ މަންޒަރެވެ.
ވިލް، ކްރިސްގެ މޫނުމަތީ ޖެހީ، ވިލްގެ ކުރީގެ އަންހެނުން ކަމަށްވާ ޖޭޑާ ޕިންކެޓް ސްމިތްއާ ގުޅިގެން ދެއްކި ވާހަަތަކެއްގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ވަނީ ވިލްއާ އެއްކޮޅަށް ވާހަކަދައްކައިފަ އެވެ.
އިންސްޓަގްރާމްގައި ކަންގަނާ އާންމުކުރި ސްޓޯރީއެއްގައި ބުނީ ވިލް ކަންތައް ކުރީ ހަމަ އެންމެ ރަނގަޅަށް ކަމަށެވެ. އަދި އެއްވެސް މީހެއްގެ ބަލިމަޑުކަމެއް ޖޯކަކަށް ހަދައި މީހުން ހެއްވަން އުޅޭނަމަ، ކަންގަނާ ނަމަވެސް، އެކަން އެފަދައިން ކުރީސް ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ކަންގަނާ ވަނީ، ވިލް ސްމިތް ކަންގަނާ ހޯސްޓުކުރާ ޝޯކަމަށްވާ "ލޮކް އަޕް" އަށް އަންނާނެ ކަމަށް އުންމީދު ކުރަމުން ގެންދާ ވާހަކަ ވެސް ބުނެފަ އެވެ.
ދުނިޔޭގެ ފަސް ގައުމަކުން މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލައިފި
އުފާތައް ގުރުބާން ނުކޮށް ވެސް ފައިސާ ރައްކާ ކުރެވިދާނެ!
"ފްރެންޑްސް"ގެ ތަރި ލީސާއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް!
