އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާއިން ސ. ހިތަދޫ ސްކޫލަށް 25 ކޮމްޕިއުޓަރު ހަދިޔާކޮށްފި އެވެ.
އެކަމަށްޓަކައި ހިތަދޫ ސްކޫލްގައި އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ސްކޫލަށް ކޮމްޕިއުޓަރު ސިސްޓަމްތައް ހަދިޔާކޮށްދެއްވީ ރަސްމިއްޔާތަށް ވަޑައިގެންނެވި، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި، އެފްކޮންސް ކުންފުނީގެ އިސް ބޭފުޅުންނެވެ.
އޭގެ އިތުރުން، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ އެ ދަތުރުފުޅުގައި، ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީއާ ބައްދަލު ކުރައްވާފަ އެވެ. އަދި ހިތަދޫ ސްކޫލްގެ ދަރިވަރުންނާއި ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ ދަރިވަރުންނާއެކު ވެސް ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.
ހިތަދޫ ސްކޫލަށް ކޮމްޕިއުޓާ ހަވާލުކުރި އެފްކޮންސް އިންފްރާސްޓްރަކްޗާއަކީ ރާއްޖޭގައި ވެސް ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދާ ކުންފުންޏެކެވެ.
އެ ކުންފުނިން ދަނީ މާލެ-ތިލަމާލެ ބްރިޖާއި، އައްޑޫ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ކުރިއަށް ގެންދަމުންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަށް އަސްކަރީ ރައްދުދޭނެ ކަމުގެ އިންޒާރު
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
