ރިސޯޓުތަކުން ނަގާ ބިމު ކުލި ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހެޅުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެކަމަށް ރައްދު ދެއްވައިފި އެވެ.
ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވިގޮތުގައި މިނިމަން ވޭޖްއާ ގުޅިގެން ރައްޔިތުންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލެއްގެ ދިރާސާއެއް މި ސަރުކާރުން ހަދާފައިނުވާކަމަށާއި މިނިމަމް ވޭޖާއެކު ގޭބިސީތަކުގެ ތަކެތީގެ އަގު ބޮޑުވެ ކުލިތައް އުފުލިފައިވާ ކަމަށެވެ. އަދި މޮޅުންނަށް މޮޅުގޮތް ކަމަށް ވިދާޅުވެ ޝިޔާމް ވަނީ މި ބިލަށް ރައްދު ދެއްވާފަ އެވެ.
އެންމެ ކުޑަ އުޖޫރަ ތައާރަފުކުރުމާ ގުޅިގެން ރިސޯޓުތަކަށް ކުރިމަތިވާ މާލީ ދަތިތައް ކުޑަކުރުމުގެ ގޮތުން ރިސޯޓުތަކުން ނަގާ ބިމު ކުލި ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބުދަ ދުވަހު އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު (އަރާއިރު) އެވެ.
ވަރަށް ބޮޑުތެދެއް