ވަޒީފާ އަދާކުރާއިރު، އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މެމްބަރުންނަށް ދިމާވާ އެކި ދަތިތަކަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ހުށަހެޅުއްވި މި ގަރާރުގައި، ވަނީ ކައުންސިލް ތަކުގައި އަންހެނުންގެ ދައުރު ކަނޑައަޅައި، އެއިން 33 އިންސައްތަ އަންހެން މެމްބަރުންނަށް ހާއްސަ ކޮށްފައިވާއިރު، މަގުސަދާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ބަލައި ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"އަންހެން ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަ ކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއިން ރިވިއު ކޮށްދިނުމަށް ގޮވާލައި މައްސަލަ ހުށަހެޅީމެވެ." އީވާ ވިދާޅުވި އެވެ.
ހަމައެހެންމެ، އެ ކަނބަލުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާނޫނުގައި ސިފަކޮށްފައިވާ ފަދައިން މަސައްކަތް ކުރޭތޯ ކަށަވަރުކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ޔޫކްރޭނަށް 90 ބިލިއަން ޔޫރޯގެ ލޯނު ދޭން އެއްބަސްވެއްޖެ
ގައުމީ ޔުނިވާސިޓީއާއީ ދިރާގުން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް
ވަންދުއަށް މަސްތުވާތަކެތި ގެންދިޔަ ފުލުހަކު ހައްޔަރުކޮށްފި

އަންހެނުން ގޭގައި ތިބެބަލަ
ކަމަށް އެކަށީގެންނުވާމީހުން ކަންކަމަށްލީމަ ވާނީ ތިހެން