މި ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން، މި ބަރަކާތްތެރި މަހު، އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކެއް މިއަދު ތަޢާރަފްކޮށްފި އެވެ.
ރަމަޟާން މަހުގެ ތެރޭގައި ކަސްޓަމަރުންނަށް ލިބޭ ޚާއްސަ ޚިދުމަތްތަކުގެ ތެރޭގައި:
ގުޑް މޯނިންގް މޯލްޑިވްސް!
ގުޑް މޯނިންގް މޯލްޑިވްސް ޕްރޮމޯޝަންގައި ބައިވެރިވުމުން ރަމަޟާން މަހުގެ ކޮންމެ ދުވަހެއް ވެސް ފެށިގެންދާނީ 1ޖީބީ ހިލޭ ލިބޭ ބޯނަސް ޑޭޓާއާއެކު އެވެ. އެ ދުވަހުގެ ހިލޭ ޑޭޓާ އެލަވަންސް ހޯދުމަށް، ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު 5252 އަށް "BONUS" ޖަހާފައި އެސްއެމްއެސް އެއް ފޮނުވާލުމުން ޑޭޓާ ލިބޭނެ އެވެ. އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު ލިބޭ ބޯނަސް ޑޭޓާ ބޭނުންކުރެވޭނެ އެވެ.
އުރީދޫ ރަމަޟާން ލަކީޑްރޯއާއެކު އުމްރާ ދަތުރެއް!
ބަރަކާތްތެރި ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫއިން ވަނީ މި މަހު އުރީދޫގެ ކޮންމެ ޚިދުމަތެއް ވެސް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ވަރަށް އަގުހުރި އިނާމުތަކާއެކު ލަކީ ޑްރޯއެއް ހުޅުވާލާފަ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 100 ޖީބީ ޑޭޓާ ހޯދުމުގެ އިތުރުން ދެ ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ލިބެ އެވެ.
ސުޕަނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް
އުރީދޫން މި މަހު އަލަށް ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓް ކުރާ ނުވަތަ ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ އެވެ. ސުޕަނެޓްގެ ޚިދުމަތް ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދާލުމަށް ނުވަތަ ޕްލޭން އަޕްގްރޭޑްކުރުމަށް ore.do/supernet ވަންނާށެވެ.
ސައޫދީގައި ތިބި އާއިލާއާއި ރައްޓެހިންނާ ގުޅާލުމަށް ޚާއްސަ ސައުދީ އައިޑީޑީ ޕެކް
ސައުދީ އައިޑީޑީ ޕެކް ބޭނުންކޮށްގެން ސައުދީއަރަބިއްޔާގައި ތިބި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނާ މުއާމަލާތްކޮށް، ކަސްޓަމަރުންނަށް 100 މިނެޓާއި 1 ޖީބީގެ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150 ރުފިޔާއަށް ލިބޭނެ އެވެ.
އެމް-ފައިސާ އަދި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން
އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިބެގެން ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫން ވަނީ މިއަހަރު ވެސް ފަހިކޮށްދީފަ އެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލާށެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފާތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް އުރީދޫން މަރުހަބާ ކިޔަ އެވެ.
މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ އެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލާށެވެ.
"ޓެކްސްޓަ އަ ކޮފީ" މެދުވެރިކޮށް ރޯދަ ވީއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު
މި ރަމަޟާން މަހު، އުރީދޫ ކަސްޓަމަރުންނަށް "ޓެކްސްޓް އަ ކޮފީ" މެދުވެރިކޮށް ރޯދަ ވީއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާކުރުމުން ހިލޭ 1 ޖީބީ ހޯދުމުގެ ފުރުސަަަތު ވަނީ އުރީދޫން ހުޅުވާލާފަ އެވެ. މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަަައް ހަަަދިޔާާ ކޮށްލެވޭ ޓެކްސްޓަަ އަަަަ ކޮފީ މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވާލުމަަށް ore.do/txtcofy ވަންނާށެވެ.
އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލާޓް
މި ރަމަޟާން މަހު ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އެހީ އެލާޓް ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ.
ވައިބަރ ބޭނުންނުކުރައްވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލާޓް އެކްޓިވޭޓް ކޮށްލެވޭނެ އެވެ. ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލާށެވެ.
ރީތިޓިއުންސް
“Ramadan” ޖެހުމަށް ފަހު 4000 އަށް އެސްއެމްއެސް ކޮށްގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބޭނެ އެވެ.
އުރީދޫން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށް ވަނީ ފަހިކޮށްދީފަ އެވެ.
އުރީދޫއިން ރަމަޟާން މަހަށް ޚާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް https://www.ooredoo.mv/ramadan މެދުވެރިކޮށް ލިބޭނެ އެވެ.