ހޮލީވުޑްގެ މަޝްހޫރު ފަންނާނު މައިލީ ސައިރަސް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ޓުވިޓާގައި މައިލީ އާންމުކުރި ޓްވީޓެއްގައި އޭނާ އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ދަތުރުފަތުރު ކޮށް، ގިނަ އަދަދެއްގެ ފޭނުންނާއި ބައްދަލުވެ ހެދުމުގައި ކޮވިޑަށް ޕޮޒިޓިވްވާން ދިމާވީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މައިލީ ބުނީ އޭނާއަށް ކޮވިޑު ޖެހުނު ނަމަވެސް އެކަމާއި އެއްވެސް ގޮތަކަށް ދެރަވެ ނުވަތަ ކަންބޮޑު ނުވާކަމަށެވެ. މައިލީ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ގްރޭމީޒްގެ އެވޯޑް ނައިޓްގައި ހާއްސަ ހުށަހެޅުމެއް ދޭން ހަމަޖެހިފައިވަނިކޮށެވެ.
ކޮވިޑާއި ގުޅިގެން އޭނާއަށް ގްރޭމީޒްގައި ހުށަހެޅުން ކެންސަލް ކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މައިލީ ބުނޮގޮތުގައި އޭނާއަށް ގްރޭމީޒްގައި ހުށަހަޅައި ނުދެވުމަކީ އޭނާ އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. ސަބަބަކީ ގްރޭމީޒްގައި އޭނާ ހުށަހަޅައިދެނީ ޗެރިޓީއަށްވުމާ ގުޅިގެންކަމަށް މައިލީ ބުނެފައިވެ އެވެ.
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
ސިޔާސީ ބޭނުމަށްޓަކައި ލަވައެއް ބޭނުން ކުރުމުން ކޭޓީ ރުޅި އައިސްފި
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ވޭތަ؟
