ދުނިޔޭގެ ވަށައިގެންވާ ސެެޓެލައިޓް ނުސާފު ވަމުން ދިއުމާއެކު ކުރިއަށް އޮތް ތަނުގައި ދުނިޔެއަށް ރޭގަނޑުގެ އުޑު ފެންނަ ގޮތް ތަފާތު ވެދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޔުނިވާސިޓީ އޮފް ރެޖީނާގެ އެސިސްޓަންޓް ޕްރޮފެސަރު ސަމާންތާ ލޯޔާ ވިދާޅުވީ ސެޓަލައިޓް ނުސާފު ވަމުން އަންނަނީ ހީވެސް ނުކުރާހާ ބާރު މިނެއްގައި ކަމަށެވެ.

"ކުރިން ހީކުރެވިފައި އޮތް ވަރަށް ވުރެ ހާލަތު ގޯސް" ސަމާންތާ ވިދާޅުވި އެވެ.

އެގޮތުން މީގެ ދިހަ އަހަރު ކުރިން ފެނުނު ވަރަށް ވެސް މިހާރު ރޭގަނޑުގެ އުޑުން ތަރިތައް ނުފެންނަ ކަމަށާއި މިއީ އަންނަމުންދާ ބަދަލުތަކުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ލިބުނު ސެޓެލައިޓް ފޮޓޯތަކުން ސެޓެލައިޓްގެ ނުސާފުކަން ދައްކުވައިދޭ އިރު ކުރިއަށް އޮތް ތަނުގައި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ފަލަކީ އިލްމުވެރިން ވިދާޅުވެ އެވެ.

ރޭގަނޑުގެ އުޑަކީ ސައިންސްވެރިން އެތައް ދިރާސާއެއް ކުރަން ބޭނުން ކުރާ އެއްޗަކަށްވީއިރު މިކަމުގެ ސަބަބުން އެ ދިރާސާތަކަށް ވެސް ބުރޫ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.