ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ޑީއެންއޭ ވިއްކައިގެން އާމްދަނީ ހޯދޭނެ ކަމަށް ފޭނުން ބުނެފި އެވެ.

ފޭނުން މިހެން ބުނެފައި ވަނީ، 1996 ވަނަ އަހަރު ސައިފް ކުޅެމުން ދިޔަ "ހަމޭޝާ" ޝޫޓިން ސެޓުގައި އޭނާގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާންއާއެކު ވަގުތު ހޭދަކުރަމުން ގެންދިޔަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ސާރާ ކުޑައިރުގައި ހުންނަ ގޮތަށް ތައުރީފުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ސާރާ ފެނިގެންދަނީ އޮރެންޖު ކުލައިގެ ހެދުމެއްގަ އެވެ. އަދި ޕްލާސްޓިކް ގޮނޑިއެއްގައި އިށީންދެގެން ކައިރީގައި ތިބި މީހުންނާ އެކުގައި ހީ ސަމާސާ ކުރާ މަންޒަރު ފެންނައިރު، ސާރާ ކައިރީގައި ސައިފް ފެން ބޯން އިންނަ މަންޒަރު ވެސް ފެނިގެންދެ އެވެ.

https://www.youtube.com/watch?v=Zi92fBsjuy0

ސައިފްގެ ދެވަނަ ކައިވެނީގައި ވެސް ކަރީނާ ކަޕޫރްއާއެކު ދެ ކުއްޖަކު ލިބިފައިވާއިރު، އެ ދެކުދިން ހުންނަ ގޮތަށް ވެސް ވަނީ އާންމުންގެ ތައުރީފު ލިބިފަ އެވެ.

ސައިފްއަށް ލިބިފައިވާ ކޮންމެ ކުއްޖަކަށް ވެސް ރީތިކަން ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ ސައިފްގެ ޑީއެންއޭ ވިއްކައިގެން އާމްދަނީ ހޯދައިގެން އެއިން މަންފާ ކުރާނެ ކަމަށް ބުނެފަ އެވެ.