ކިއުކަމްބާއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. ރޯދަ މަހުގެ ކެއުމުގައި ކިއުކަމްބާ ހިމަނަންވީ ސަބަބުތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

ހަށިގަނޑުގައި ވަރު ޖައްސައިދޭ

ހާރުދަމު ކިއުކަމްބާއެއް ކެއުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ކިއުކަމްބާއަކީ 95 ޕަސެންޓް ފެން އެކުލެވޭ ތަރުކާރީއަކަށް ވުމާއެކު މިއީ ހަށިގަނޑަށް ބޭނުންވާ ފެން ލިއްބައިދޭ ޒަރިއްޔާ އެކެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގައި ވަރުޖެހި ބާރު ލިބުމެވެ.

އަނގައިން ނުބައި ވަސް ފިލުވައިދޭ

ކިއުކަމްބާގައި ހިމެނޭ ފައިޓޯކެމިކަލްތަކުގެ ސަބަބުން ރޯދައަށް ހުންނައިރު އަނގަ ހިކުމުން އަނގައިގައި އުފެދޭ ޖަރާސީމުތައް ނައްތާލައި އަނގައިން ދުވާ ނުބައި ވަސް ފިލުވައިދެ އެވެ. އަދި ތާޒާ ނޭވާ ލިއްބައިދެ އެވެ.

ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ

ގިނައިން ފެންބުއިމަކީ ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްދޭ ކަމެކެވެ. ރޯދަ މަހަކީ ފެން ބޭނުންކުރާ މިންވަރު މަދު މަހަކަށް ވެފައި ކިއުކަމްބާ އަކީ އޭގައި ގިނަ މިންވަރަކަށް ފެންއެކުލެވޭ މޭވާ އަކަށް ވީހިނދު، ކިއުކަމްބާ ބޭނުންކުރުމުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމުގައި އެހީތެރިވެދެ އެވެ. އާދަވެ ކިއުކަމްބާ ބޭނުންކުރާނަމަ، މަސާނާ (ބްލެޑަ) ގައި އުދެފޭ ހިލަތައް ނައްތައިލަ އެވެ.