ސީފުޑް ކަމުދޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މިއަދު މިގެނެސްދޭ ކެއުމަކީ ތިޔަބޭފުޅުންގެ ސުފުރާމަތި އިތުރަށް ފަޅުފިލުވައިދޭނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 80 ގ ބަޓަރު
  • 4 ލޮނުމެދު (ތުނިކޮށް ދިގުކޮށް ކޮށާފައި)
  • 2 ރަތް ތޮޅި މިރުސް (ކޮށާފައި)
  • 1 ކގ ޕްރޯންސް (ނިގުލާއެކު ސާފު ކޮށްފައި)
  • 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
  • 3 ސައި ސަމުސާ ލުނބޯ
  • ތޮށި (ގާނާފައި)
  • ¼ ޖޯޑު ކޮތަނބިރި ފަތް (ކުދިކޮށް ކޮށާފައި)
  • ލޮނު (ރަހަލާވަރަށް)
  • މުގުރި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް

  1. ބޮޑު ތަވައެއްގައި ތެލާއި ބަޓަރު ހޫނުކުރުމަށްފަހު ލޮނުމެދާއި މިރުސްކޮޅު މަޑުކުރާށެވެ.
  2. ރަނގަޅަށް މަޑުވުމުން ޕްރޯންސް އަޅައި ލޮނާއި އަސޭމިރުހާއެކު ރަހަ ހެޔޮވަރު ކުރާށެވެ. އަދި ޕްރޯންސްކޮޅު ރޯފިލަންދެން ކައްކާށެވެ.
  3. އެއަށްފަހު ލުނބޯ ހުތާއި ލުނބޯތޮށި އަދި ކޮތަނބިރި ފަތްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 5 މިނެޓު މެޑު ގިނީގައި ކައްކާލާށެވެ.