އިންޑިޔާގެ ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އަކީ ހިތްތަކުގެ ހިމަ ނާރާ ކުޅެލެވޭ ހާ ހިތްގައިމު ލަވަތައް އަހަރެމެންނާ ހަމައަށް ގެނެސްދީފައިވާ، އެފަދަ ދެވަނައެއް ނެތް ލަވަކިޔުންތެރިއެކެވެ.

އޭނާ ވަނީ މި ދާއިރާގައި 25 އަހަރު ހޭދަކޮށްފަ އެވެ. އަދި ދާދި ފަހުން "އީޝްވަރް ކަ ބަންދާ" ގެ ނަމުގައި ވަނީ އާ ލަވައެއް ވެސް ނެރެފަ އެވެ.

މި ލަވައާ ގުޅޭ ގޮތުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޯނޫ ނިގަމް ބުނެފައިވަނީ މި ލަވައަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެކަމާ އުފާވާ ކަމަށެވެ.

މި އިންޓަވިއުގައި ދަރިފުޅު ނެވާންގެ ކުރިއަށް ހުރި ޕްލޭންތަކާގުޅޭ ގޮތުން ސުވާލު ކުރުމުން ސޯނޫ ބުނެފައި ވަނީ ދަރިފުޅު ލަވަކިޔުންތެރިއަކަށް ވާން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި ލަވަކިޔުންތެރިއަކަށްވި ނަމަ ވެސް، އިންޑިޔާގައި ލަވަކިޔަން ބޭނުންނުވާ ކަމަށެވެ.

"އަހަރެންގެ ދަރިފުޅު މިހާރު މި ގައުމުން ފޮނުވާ ވެސް ލައިފިން. ދަރިފުޅު މިހާރު ދިރިއުޅެނީ ދުބާއީގައި. އޭނާ އަކީ ލަވަކިޔުމުގެ ހުނަރު ހުރި ކުއްޖެއް. އެހެން ނަމަވެސް އޭނާގެ ޝައުގުވެރިކަން ހުރީ މުޅިން އެހެން ދާއިރާއަކަށް. މިއަދު އެއީ ޔޫއޭއީގެ އެންމެ މަތީ ފަންތީގެ ގޭމާ އެއް." ސޯނޫ ބުންޏެވެ.