އެސްޓީއޯ ސުޕަމާޓުގެ ނަމުގައި އޮޅުވާލައިގެން ފައިސާގެ ޕްރޮމޯޝަންތައް ހިންގާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ފައިސާގެ އިނާމު ލިބޭނެ ކަމަށް ބުނެ، ޕްރޮމޯޝަނެއް ހިންގަމުންދާކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ ކަސްޓަމަރުންނަށް އިނާމު ލިބޭފަދަ އޮންލައިން ޕްރޮމޯޝަނެއް އެސްޓީއޯއިން ކުރިއަށް ގެންދާނީ އެ ކުންފުނީގެ އޮފިޝަލް ޕޭޖުތަކުން ކަމަށެވެ. އަދި ޕްރޮމޯޝަނެއްގައި ބައިވެރިވެ އިނާމެއް ހަވާލުކުރުމަށް އެސްޓީއޯއިން ކަސްޓަމަރުންނަށް އަބަދުވެސް ގުޅަމުންދާނީ އެސްޓީއޯގެ ކޯލް ސެންޓަރު 1422 އިން ކަމަށެވެ.
އެހެންކަމުން މިފަދަ ޕޯސްޓްތަކުގައި ބައިވެރިނުވުމަށާއި ޝެއާ ނުކުރުމަށް އެސްޓީއޯއިން ވަނީ އެދިފަ އެވެ.
އެކަނި ހުއްޓާ ހާޓް އެޓޭކެއް ޖެހޭހެން ހީވާނަމަ ހަދަންވީ ކިހިނެއް؟
ނެޓްފްލިކްސްގެ ފިލްމު "ކްލިފް ބޫތު"ގެ ޓްރެއިލާ ރިލީޒް ކޮށްފި
ހޮލީވުޑް: ޕެރަމައުންޓުން ވާނާ ބްރޯސް ގަތުމާ ގާތަށް ޖެހިލައިފި