ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އޮތް ހާލަތު ސޮއްސާލައިގެން ދާދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
އިންތި މިހެން ވިދާޅުވީ ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ނެރުނު ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަ ކުރާ ރޭންކުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް ޖެހުމުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އިންތި ވިދާޅުވީ ސަރުކާރުން ކޮންޓްރޯލް ނުކުރާ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އެއް ރުކުން ކަމުގަ އެވެ. އިންތި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ހޯދުމަށާއި، މިނިވަންކަން ލިބިގަތުމަކީ އެމްޑީޕީން ކުރަން ނިކުތް އެންމެ ބޮޑު އެއްމަސައްކަތް ކަމުގައެވެ. މިއަދު އަނެއްކާވެސް ނޫސްވެރިކަމުގައި ދިވެހިން އެތައް ގުނައެއް ފަހަތަށް ދިއުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަ އޭނާ ވިދާޅުވި އެވެ. މިނިވަން މީޑިއާއެއް ހިންގޭނީ ސަރުކާރުގެ ނުފޫޒާއި، ބާރު ނެތި މިނިވަންކަމާއިއެކު ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ގާއިމްކޮށް ދެވިގެން ކަމުގައި އިންތި ވިދާޅުވި އެވެ.
ޖުމްލަ 180 ގައުމު ހިމެނޭ އެ އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އެހެންކަމުން މިދިޔަ އަހަރު އޮތް ހިސާބާ އަޅާބަލާއިރު މިއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.
ތިއުަނީ ބޯތަލްބޭޗާރާ ވެގެން.!
ފުރަތަމަ އެމްޑީޕީގެ ޖަނގިޔަާ ސޮއްސާލީ