ފިލްމު އިންޑަސްޓްރީއާ ގުޅި މަޝްހޫރު ފަންނާނަކަށްވުމަށްޓަކައި ތަރިން ބޮޑެތި ގުރުބާނީތަކެއް ވެފައި އެބަހުއްޓެވެ.

އޭގެތެރޭރެއިން އެއްބަޔަކަށް ކާމިޔާބީ ލިބެ އެވެ. ނަމަވެސް އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކަކީ، ހަމައެކަނި އެ ފަންނާނުން ދަންނަ ކަންކަމެވެ.

އެފަދަ ތަޖުރިބާއެއް ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ރަންވީރު ސިންގަށް ވެސް ކުރެވިފައިވެ އެވެ. އޭނާ ވަނީ ފާޅުކަންބޮޑު ގޮތެއްގައި އެ ވާހަކަ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

ރަންވީރު ބުނިގޮތުގައި އޭރު، އޭނާ ބޮލީވުޑްގައި ފިލްމު ކުޅުމަށްޓަކައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. މަންޒިިލާ ހިސާބަށް ވާސިލްވުމަށް ދަތުރުކުރި ރާސްތާގައި ގިނަ ބަޔަކު އޭނާގެ ކިބައިން ފައިދާ ނަގަން އުޅުނުކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އެގޮތުން ފިލްމެއްގެ ރޯލެއް ހޯދުމަށްޓަކައި އިންޑިއާގެ "އަންދޭރީ"ގައި އުޅޭ ޑައިރެކްޓަރަކު، ރަންވީރުގެ ގާތުގައި އެއްޖިންސުން ގުޅުން ހިންގުމަށް އެދުނު ކަމަށް ރަންވީރު ވަނީ ބުނެފަ އެވެ.

އެ ޑައިރެކްޓަރުގެ ގެއަށް ދިއުމަށް ރަންވީރަށް ދައުވަތު ދިން ކަމަށާއި، ގެއަށް ދިއުމުން ރަންވީރުގެ ޕޯޓްފޯލިއޯއަށް ބަލައިލުމެއް ނެތި ޖިންސީ ގުޅުން ހިންގުމަށް އިޝާރާތްތައްކޮށް، އެކަން އޭނާއަށް ހާމަކޮށްދިން ކަމަށް ރަންވީރު ބުންޏެވެ.

ނަމަވެސް އޭނާގެ އެދުމަށް ރަންވީރު ފުރަގަސް ދިންކަމަށާއި، ނޫނެކޭ ބުނުމުން ޑައިރެކްޓަރު، ލޯބިވެރިއެއް ފަދައިން އާދޭސްކުރި ކަމަށް ވެސް ރަންވީރު ވަނީ ބުނެފަ އެވެ.

ފިލްމު އިންޑަސްޓްރީގައި، އަންހެނުންގެ އިތުރުން ފިރިހެނުންނަށް ވެސް މިފަދަ އެކި ގޯނާތައް ލިބޭކަން ރަންވީރު ފާހަގަކޮށްފައިވެ އެވެ.