ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވުނު ބައި- އިލެކްޝަންގެ ވޯޓު އަލުން ގުނައިދިނުމަށް (މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ) އިން އެދުމަށް ނިންމައިފި އެވެ.

އެ ޕާޓީން ވޯޓު އަލުން ގުނައިދިނުމަށް އެދެނީ، އެންމެ ވޯޓެއްގެ ތަފާތުން ވިލިމާލެ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރުމާ ގުޅިގެންނެވެ.

އެގޮތުން އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ ވާދަކޮށްފައިވާއިރު، އޭނާއަށް 359 ވޯޓެއް ލިބިފައިވެ އެވެ. އަދި އެމްއެންޕީގެ ފަރާތުން އާމިނަތު ޝީޒާ ވާދަކޮށްފައިވާއިރު، އޭނާއަށް ލިބުނީ 358 ވޯޓެވެ.

ނަމަވެސް އެޕާޓީގެ ތަރުޖަމާނު އަސްރާ އަހުމަދު ވަނީ، ވޯޓު ގުނައިދޭން އިލެކްޝަންސް ކޮމިޝަނުގައި އެދެން އެ ޕާޓީން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮނޑި ހުސްވެފައިވަނީ، އެ މަގާމު ފުރުއްވަމުން ގެންދެވި އައިމިނަތު އީމާން، ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވުމާއި ގުޅިގެންނެވެ.