މިހާތަނަށް ރާއްޖެ ދުށް އެންމެ އަނިޔާވެރި ސަރުކާރުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިމެނިއްޖެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ .ގެ ހާއްސަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް ސަރުކާރުގެ ވަރަށް ގިނަ ކަންކަމަށް ފާޑު ވިދާޅުވަމުން ގެންދަވާ ޑރ، ޝަހީދު މިފަދައިން ޓުވީޓްކުރެއްވީ އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލް ހައްޔަރު ކުރުމާ ގުޅިގެންނެވެ.
ޑރ. ޝަހީދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލާ މީހުން ހައްޔަރު ކުރާ ހަބަރު އެއީ ތެދު ހަބަރެއްނަމަ މިސަރުކާރު މިވަނީ އެންމެ އަނިޔާވެރި ސަރުކާރުތަކުގެ ތެރޭގައި ހިމެނިފައި ކަމަށެވެ. އަދި ކޮމަންވެލްތުގައި އޮންނަ ސީމެގްގައި ރާއްޖެ ހިމަނަން ޖެހޭ ވަގުތު ނުޖެހޭތޯ ވެސް ސުވާލު ކުރައްވާފަ އެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓް ހަރަކާތާ ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ރިޔާސީ ގަރާރެއް ނެރުއްވާފަ އެވެ. އެގޮތުން އެ ގަރާރުގެ ދަށުން އިންޑިޔާ އައުޓް ގޮވުމާއި އިންޑިޔާ އައުޓް ޓީޝާޓް ލައިގެން މަގުމަތީ ހަރަކާތް ހިންގުން މަނާ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އިންޑިޔާގެ ދިދައިގެ ކުލަތައް ބޭނުންކޮށްގެން މަސްލަހަތު ގެއްލޭ ކަންކަން ނުކުރެވޭނެ ކަމަށާއި އަދި އިންޑިޔާ އައުޓް ބެނާތައް ވެސް ދެމުން މަނާކަމަށް ސަރުކާރުން ބުނެ އެވެ. މިފަދަ ބެނާތައް ކޯޓު އަމުރުގެ ދަށުން ފުލުހުންދަނީ ނަގަމުންނެވެ. އަދި މިހަރަކާތުގައި އުޅޭ ކަމަށް ބެލެވޭ މީހުންދަނީ ހައްޔަރު ކުރަމުންނެވެ.
ޢެންމެ ނުލަފާ މީހުންގެތެރޭގައި ސަހީދު ހިމެނިއްޖެ