މީގެ 34 އަހަރު ކުރިން ނެރުނު ބޮލީވުޑްގެ މަގުބޫލު ތަރި އަނިލް ކަޕޫރާއި މަދުރީ ޑިކްސިޓްގެ ކާމިޔާބު ފިލްމު "ތޭޒާބް"ގެ ރީމޭކެއް އުފެއްދުމަށް ނިންމައިފި އެވެ.

1998 ވަނަ އަހަރު ނެރުނު "ތޭޒާބް" ކޮޕީރައިޓްސް ގަންނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މާދަމާ ސިނަމާތަކުގައި އެޅުވުމަށް ނިންމާފައިވާ "ބޫލް ބުލައްޔާ 2"ގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ މުރާދު ކެތާނީ އެވެ.

އެން ޗަންދުރާ ލިޔެ، ޑައިރެކްޓްކުރި ކާމިޔާބު ފިލްމު "ތޭޒާބް" އާ ބެހޭ ގޮތުން މުރާދު ބުނީ ބޭނުން ވަނީ އަސްލު ނުގެއްލޭ ގޮތަށް "ތޭޒާބް" މި ޒަމާނަށް ފައްތައިގެން ގެނެސްދޭނެ ކަމަށެވެ. އެހެން ނަމަވެސް މުރާދު މިފިލްމާ ބެހޭ ގޮތުން އިތުރު ތަފްސީލު އަދި ހާމަކޮށްފައިނުވެ އެވެ.

މިފިލްމަކީ ބަތަލާ މަދޫރީ ޑިކްސިޓް ހިންދީ ސިނަމާއަށް ތައާރަފްވި ވަރަށް މަގުބޫލުވެގެންދިޔަ ފިލްމެކެވެ. އަދި މިފިލްމުގައި ހިމެނިގެންދިޔަ "އޭކް ދޯ ތީން" ލަވަޔަކީ ގިނަ ބައެއްގެ މަގުބޫލު ކަމެއް ލިބިގެންދިޔަ ލަވައެކެވެ.

އެއަހަރުގެ ފިލްމު ފެއަރ އެވޯޑްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު އަނިލް ކަޕޫރަށް ފިލްމުން ލިބިގެންދިޔައިރު މާދޫރީ އެއަހަރުވަނީ މި ކެޓެގަރީއަށް ނޮމިނޭޓް ވެފަ އެވެ.

ދާދިފަހުން "ދަ ފޭމް ގޭމް" އިން ދާދިފަހުން ފެނިގެންދިޔަ ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ އެމޭޒަން ޕްރައިމްއިން ގެނެސްދޭ "މާޖާ މާ" އިންނެވެ. އަދި އެކްޓަރު އަނިލް ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ރިލީޒްވުމުގެ މަރުހަލާގައި އޮތް ފިލްމު "ޖުގް ޖުގް ޖިއޯ" އިންނެވެ.