ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، ޖަމާލުއްދީން ސްކޫލަށް އިއްޔެ ވަދެ މާރާމާރީ ހިންގަން މަސައްކަތް ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ޖަމާލުއްދީން ސްކޫލުގައި މާރާމާރީ ހިންގަން މަސައްކަތް ކުރި މައްސަލައިގައި ހައްޔަރުކޮށްފަިއވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި މައްސަލައާ ގުޅިގެން މާރާމާރީ ހިންގާފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.