މާލޭގެ ބޭރު މަގުގެ ދެކޮޅަށް ކަސްރަތަށް މީހުން ހިނގާ މަންޒަރު ނުފެންނަ ވަގުތެއް މަދުވާނެ އެވެ. ބަރުދަން ލުއި ކޮށްލުމަށް އެންމެ ރަނގަޅު އެއް ގޮތަކީ ހިނގަން ދިއުމެވެ. އެހެން ނަމަވެސް ހިނގަން ދާން ފެށުމުގެ ކުރިން ވިސްނަންވީ ކަންތައް އެބަހުއްޓެވެ.

ގިނައިން ފެން ބުއިން

ހިނގަން ދާނަމަ ދުވާލު އެއްކޮށް ވެސް ގިނައިން ފެން ބޯން ވާނެ އެވެ. އެހެން ނަމަވެސް ހިނގަން ދިއުމުގެ ކުރިން މާ ގިނައިން ފެން ބޮއެގެން ނުވާނެ އެވެ. އޭރުން ދުވާ އިރު އުނދަގޫވާނެ އެވެ.

ހިނގަން ފެއްޓުމުގެ ކުރިން "ވާމް އަޕް" ކުރުން

ސްޓްރެޗް ކޮށްލުމަކީ ހިނގަން ދިޔަ ކަމުގައި ވިޔަސް ކަސްރަތު ކުރި ކަމުގައި ވިޔަސް މުހިއްމު ކަމެކެވެ. އޭރުން ގައިގެ މަސްތައް މާ ބޮޑަށް ސްޓްރެޗްވުމުން ދުރުކޮށްދޭނެ އެވެ.

ރަނގަޅު ބޫޓެއް ޚިޔާރު ކުރުން

ހިނގަން ދާއިރު ކޮންމެހެން އަގު ބޮޑު ބޫޓެއް ނުގަތަސް މާ ބާރު ނޫން އަދި މާ ދޫ ނޫން ބޫޓެއް ރަނގަޅުވާނެ އެވެ. އެހެން ނޫންނަމަ ފައިން ފޮޅު ނަގާ ފައިގައި ރިއްސުން ފަދަ ކަންކަން ވުން އެކަށީގެންވެ އެވެ.

ދުވަން ދިއުމުގެ ކުރިން މާ ގަދައަށް ނުކެއުން

ހިނގާއިރު ލޭ ދައުރުވުން އަމާޒުވެފައި ހުންނަނީ ކަށީގެ މަސްތަކަށެވެ. އެހެން ކަމުން ހަަޖަމުގެ ނިޒާމަށް ލޭ ދައުރުވުން ދަށްވެ ކާ ތަކެތި ހަޖަމަވާ ރޭޓް ލަސްވެ އެވެ. އެހެން ކަމުން ބަނޑުގެ އެއް ފަޅިއެއްގައި ރިއްސުން ފަދަ ކަންތައް ދިމާވާނެ އެވެ.