ޓިކްޓޮކް ތަރި ޝިފާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިކަން ތަހުގީގު ކުރަން ފަށާފައިވަނީ މިފަދަ ކަންކަމާ ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ޝިފާ އެހެން އަންހެނަކާއެކު ބަރަހަނާ ހާލުގައި ހުރެ، ބަދުއަޚްލާގީ އަމަލު ހިންގާ މަންޒަރު ފެނެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވެގެން އުޅޭ އެ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާއިރު ޝިފާގެ ފަރާތުން ބުނެފައިވަނީ އެއީ ބަޔަކު އޭނާގެ އަގު ވައްޓާލަން ދުރާލާ ރާވައިގެން ހަދާފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި އޭނާގެ ސިޔާސީ ފިކުރުބަދަލުވެފައިވާތީ ޒާތީވެގެން ނޫސްތަކުންވެސް ފެތުރީ ދޮގު ހަބަރުކަމަށް އޭނާ ބުނެފައިވެ އެވެ.
ފަހަކަށްއައިސް ރާއްޖޭގެ މިފަދަ ތަރިންގެ ބަދުއަހުލާގީ މައްސަލަތައް ދަނީ ވަރަށް ގިނައިން ފެންމަތިވަމުންނެވެ.