ދެ އަހަރު މެދުކެނޑުމަށްފަހު ބޮލީވުޑްގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ އައިފާ އެވޯޑް މިއަހަރު ވަނީ ދީފަ އެވެ. މިއަހަރުގެ އައިފާ އެވޯޑް ހަފްލާ ބާއްވާފައި ވަނީ ޔޫއޭއީގެ އަބޫދާބީގަ އެވެ.

މިހަފްލާގައި ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ބައިވެރިވެފައިވެ އެވެ. އަދި ކޮންމެ ފަންނާނެއް ވެސް އެމީހަކަށް އެންމެ ރީތިވި ހެދުންލައިގެން އެވޯޑް ހަފްލާގައި ވަނީ ބައިވެރިވެފަ އެވެ.

މިފަހަރުގެ އެވޯޑް ހަފްލާގައި ތަފާތު ޑިޒައިންތަކުގެ ހެދުންތައް ފެނިފައިވާއިރު ވަރަށް އަގު ބޮޑު ހެދުންތަކެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މި އަހަރު އައިފާ އެވޯޑް ޝޯ އަބޫދާބީގައި ބާއްވާފައިވާއިރު، ޝޯ ވެގެން ދިޔައީ ބޮލީވުޑް ތަރިންނަށް އެމީހުންގެ ރީތި ހެދުންތައް ދައްކާލަން ލިބުނު ފުރުސަތަކަށެވެ. އެހެންކަމުން ހުރިހާ ތަރިންވެސް އެ ޝޯއަށް ގޮސްފައިވަނީ އެންމެ ރީތި އަދި އަގުބޮޑު ހެދުންތައް ލައިގެންނެވެ.

https://www.instagram.com/p/CeZGmOzMfIw/?hl=en

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އައިފާ އެވޯޑްސް 2022 އަށް އެންމެ އަގު ބޮޑު ހެދުމެއް ލާފައިވަނީ އުރްވަޝީ ރޯޓެލާ އެވެ. އަމަޓޯ ކޯޓާ ޑިޒައިންކޮށްފައިވާ އެ ހެދުމުގެ އަގަކީ 20 ލައްކަ ރުޕީސް އެވެ.

https://www.instagram.com/p/CeWiuS6scoL/?hl=en

ދެ ވަނަ އަށް އެންމެ އަގުބޮޑު ހެދުން ލާފައިވަނީ ސާރާ އަލީ ޚާން އެވެ.

ނޯވޭގެ ޑިޒައިނަރެއް ކަމަށްވާ ކްރިސްޓިއަން އާދްނެވިކްގެ އެ ހެދުމަކީ 16 ލައްކަ ރުޕީސް އެވެ.

https://www.instagram.com/p/CeWQy1BMetL/?hl=en

އަނަންޔާ ޕާންޑޭ އެ އެވޮޑުގެ ހަފުލާއަކަށް ލައިގެން ހުރި ހުދު ކުލައިގެ ސާރީއަކީ ވެސް އަގުބޮޑު ސާރީއެކެވެ. މަނީޝް މަލްހޯތްރާ ޑިޒައިންކޮށްފައިވާ އެ ސާރީއަކީ ހަތަރު ލައްކަ ރުޕީސްގެ ސާރީއެކެވެ.

އޭގެ އިތުރުން، ޖެކްލީން ފަނާންޑެޒް ލައިގެން ހުރި ހެދުމަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ. ވިދާ ރަން ކުލައެއްގެ އެ ހެދުމުގެ ކޮނޑުމަތީގައި ދޫނި ފަަތްތަކެއް ގޮތައް ހުރި ފަތްތަކެއް ހުރި އިރު، ހެދުމުގެ އަތުގައިވެސް ހުރީ ފްރިންޖު ލައިފަ އެވެ.

https://www.instagram.com/p/CeWawkQMTe8/?hl=en

ނަމަވެސް އެ ހެދުމުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ.