މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމަށް މުހައްމަދު ޝަފާއު ހަސަން އިންތިހާބުކޮށްފި އެވެ.
އެމްއެމްސީގެ ރައީސް ކަމަށް ޝަފާއު އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި ޝަހުބާން ފަހުމީ އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ.
ކައުންސިލްގެ އާ ރައީސް ހޮވަން މިއަދު ބޭއްވި ޖަލްސާގައި ޝަފާއު އެމަގާމަށް އިންތިހާބު ކުރައްވަން ނުވަ މެންބަރަކު ވޯޓް ދީފައިވާއިރު ފަސް މެންބަރަކު ވަނީ ޖަލްސާއިން ވޯކްއައުޓް ކުރައްވާފަ އެވެ.
ހަ މެންބަރަކު ޖަލްސާގައި ބައިވެރިވެ ވަޑައި ނުގަންނަވަ އެވެ.
މީޑިއާ ކައުންސިލްގެ ރައީސްކަމުން ޝަހުބާން އިސްތިއުފާ ދެއްވީ އޭނާއާ ދެކޮޅަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވި މަގާމުން ދުރުކުރަން މަސައްކަތް ފެށުމުންނެވެ.
މީޑިއާ ކައުންސިލްގައި 15 މެމްބަރުން ތިބޭއިރު އެ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ.
"ބިންޖް ވޮޗިން"ގެ ސަބަބުން ސިއްހަތަށް ގެއްލުންވޭ
ލަންކާ ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ
ރަސްމާލެ ހިއްކަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްފި