އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާތަކެއް ފުލުހުން ނައްތާލައިފި އެވެ.
ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ އެތަކެތި ނައްތާލާފައި ވަނީ އިއްޔެގެ ވަގުތެއްގައި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.
އެގޮތުން، ނައްތައިލާފައިވަނީ 155 ފުޅި ބަނގުރައާއި 42 ދަޅު ބިޔަރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެތަކެއްޗަކީ މި އަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހުން ފެށިގެން މި ޖޫން މަހުގެ ހަވަނަ ދުވަހާއި ހަމައަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފްއިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
ލާމަރުކަޒީ ނިޒާމާ ޕީއެންސީއާ އެއްވެސް ގުޅުމެއް ނެތް: ސޯލިހު
ބްރޫކްލިންގެ ޓެޓޫތައް "ގެއްލިއްޖެ"!
އިންތިހާބަކާ ނުލައި 7 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވިއްޖެ: ފަލާހު
