މީގެ ދުވަސްތަކެއް ކުރިން ނެރުނު ފިލްމު "ބޫލްބުލައްޔާ 2"ގެ ލަވައެއް ކުޑަކުއްޖަކު ކިޔާ މަންޒަރު އާންމުވާން ފަށަފި އެވެ.

ކުޑަ ފިިރިހެން ކުއްޖަކު ބޫލްބުލައްޔާގެ ލަވައެއް ކިޔާ މަންޒަރު އެ ވީޑިއޯއިން ފެނިގެންދާއިރު، އެ ވީޑިއޯގައި ފިލްމުގެ ބަތަލާކަމަށްވާ ކިއާރާ އަދްވާނީއަށާއި، ކާރްތިކް އާރްޔަންއަށްވެސް ޓެގު ކޮށްފައިވެ އެވެ. އަދި ބޫލްބުލައްޔާގެ ބަލި ޖެހުނީކަމަށް ބުނެ ސޯޝަލްމީޑިއާގައި އާންމުކޮށްފައިވެ އެވެ.

ބޫލް ބުލައްޔާއަކީ ހެއްވާ މަޖާ ބައިގެ އިތުރުން ބިރުވެރި ބައި އެކުލެވިގެން ނެރެފައިވާ ފިލްމެކެވެ. ގިނަ ބަޔަކަށް މި ފިލްމު ކަމުގޮސްފައިވާއިރު، އެކި އުމުރު ފުރައިގެ މީހުން ދަނީ ފިލްމަށް ދޭ ތަރުހީބު ހާމަކުރަމުންނެވެ.

ފަރްހާދް ސަމްޖީ އާއި އާކާޝް ކޯޝިކް ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރި "ބޫލް ބުލައްޔާ 2" ޑައިރެކްޓްކުރީ އަނީސް ބަޒްމީ އެވެ. މި ފިލްމް ސިނަމާގައި އެޅުވި ފުރަތަމަ ދުވަހު ވެސް 14 ކްރޯޑް އިންޑިއަން ރުޕީސް ވަނީ ލިބިފަ އެވެ.

ބޫލް ބުލައްޔާގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެއީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަން ލީޑު ރޯލު ކުޅުނު ފިލްމެކެވެ.