ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ޖަޔޭޝްރީ ބާއީ ޖޯރްދާރް" އެމެޒޯން ޕްރައިމްގައި ދައްކަން ފަށައިފި އެވެ.
ދިވްޔަންގް ޓައްކަރުގެ ފުރަތަމަ ޑައިރެކްޝަން "ޖައޭޝްބާއީ ޖޯރްދާރް" އަކީ ސޯޝަލް ކޮމެޑީ ފިލްމެކެވެ.
މި ފިލްމު މީގެ ކުރިން ރިލީޒް ކުރުމަށް ހަމަޖެހުނީ އަންނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އޭގެ ފަހުން ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ އެ ފިލްމު މިމަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ފިލްމު އެމެޒޯން ޕްރައިމް އިންވެސް ބަލައިލެވޭނެ އެވެ.
ފިލްމުގެ ލީޑްރޯލުން ފެންނާނީ ސުޕަ ސްޓާރު ރަންވީރް ސިންގް އެވެ.އާއިލާއާއިއެކު ބަލާލަން ރަގަޅު މަޖާ މި ފިލްމުގައި ރަންވީރު ފެންނާނީ އިންޑިއާގެ ގުޖުރާތް މީހެއްގެ ގޮތުގަ އެވެ.
ރަންވީރުއާއެކު ދެން ފިލްމުން ފެންނާނީ ހިންދީ ސިނަމާއަށް އަލަށް ތައާރަފްވާ ޝާލިނީ ޕާންޑޭގެ އިތުރުން ބަމަން އިރާނީ އަދި ރަތުނާ ޕާތަކް ޝާހް އެވެ.
ނިދަން އުނދަގޫތަ؟ އަރާމު ނިންޖަކަށް ޑޮކްޓަރުންގެ ދެ އިރުޝާދެއް!
ވޯލްޑް ކަޕް ފައިނަލްގައި މެޑޯނާ، ޝަކީރާ އަދި ބީޓީއެސް ވެސް!
ހައިވޭގައި ލާފައިވާ ދަވާދުގެ ސަބަބުން އެކްސިޑެންޓްވާކަމުގެ ޝަކުވާ
