މި އަހަރުގެ މިހާތަނަށް ރާއްޖެ އައި އިންޑިއާ ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް އަރައިފި އެވެ.
ރާއްޖެއަށް މުޅިއަކު މިއަހަރު އައިސްފައިވާ ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށް ވުރެ ގިނަ ވާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ އިންޑިއާ ފަތުރުވެރިންނެވެ. ހަމައެހެންމެ ނިމި ދިޔަ އަހަރުގައި ވެސް އެންމެ ގިނައިން ރާއްޖެ އައި ފަތުރުވެރިންގެ ތެރޭގައި އިންޑިއާ މީހުން ހިމެނެ އެވެ.
މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައީ 104،800 ފަތުރުވެރިނެވެ.
އިންޑިއާއަށް ފަހު އެންމެ ގިނައިން އިނގިރޭސި ވިލާތުން މީހުން އައިސްފައިވާއިރު، އެގައުމުން 90،394 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ލިސްޓުގެ ތިން ވަނައިގައިވާ ރަޝިޔާއިން އައި މީހުން ހިމެނޭއިރު ރަޝިޔާގެ 70،212 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މިމަހުގެ މިހާތަނަށް ޖުމްލަ 30،562 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މިހާތަނާއި އަޅާކިޔާއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ގިނަ އެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައީ 14،004 ފަތުރުވެރިންނެވެ.
ޒަކާތުގެ ފައިސާ ބަލައިގަތުމަށް ފިތުރު ޕޯޓަލް ތައާރަފުކޮށްފި
ބިދޭސީ މީހާ މަރުވި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ދަ ކެރެލާ ސްޓޯރީ 2: އާ ވާހަކައަކާއެކު މުޅިން އާ މޫނުތަކެއް!
