ލ. މާމެންދޫގައި އަލަށް ތަރައްޤީކޮށްފައިވާ އައު އިންޖީނުގެއިން ކަރަންޓް ދޭން ފަށައިފި އެވެ.
ޒަމާނީ ފެންވަރަށް އެރަށުގައި ސަރުކާރުން ތަރައްޤީ ކޮށްފައިވާ އެ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދޭން ފަށާފައިވާއިރު، އެކަމާއި ގުޅިގެން މީޑިއާ ތަކަށް މައުލޫމާތުދެމުން އެރަށު ކައުންސިލްގެ ރައީސް ހަސަން ރަމީޒް ވިދާޅުވީ، އިންޖީނުގޭގެ ޕަވާ ހައުސްއާ އޮފީސް އިންނާނީ ވަކިން ކަމަށެވެ.
އެގޮތުން ކުރިން އެރަށުގައި ހުރި އިންޖީނުގެއާ އަޅާކިޔާއިރު، މިހާރު ހިދުމަތް ދޭން ފަށާފައިވާ އޮފީސް، ފެންވަރު ރަނގަޅުކަމަށް އޭވާ ވިދާޅުވި އެވެ. އަދި އެ ރަށުގައި މީގެ ކުރިން ހުރި އިންޖީނުގެ ބަދަލު ކުރުމަށް 2019 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރިކަމަށާއި، މިހާރު އެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވުމުން ހިތްހަމަ ޖެހޭކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ އަތޮޅު ތެރޭގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަކީ އާންމުންގެ ބޮޑު ޝަކުވާއެކެވެ. އެހެންނަމަވެސް އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރޭޕްގެ ތުހުމަތުކުރެވޭ ނުވަ މީހުންގެ ވަނަވަރު އާންމުކޮށްފި
ޝަހުސީ ހައްގުތައް: "އޭއައި" ދެކެ ބިރުގަންނަ ކަމަށް ކްރިތީ ބުނެފި
ބަހަނާ ދައްކައި ސަނީ އުމަރުގެ މައްސަލަ ކޯޓުން ކެންސަލް ކުރަނީ
