ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަމަށް ހަބަރު ފެތުރިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައާ ސޯޝަލްމީޑިއާގައި އަނުޝްކާ އަދި އޭނާގެ ފިރިމީހާ ވިރާޓް ކޯލީ އާ ދެމީހުންގެ ފޮޓޯތައް އާންމުކޮށް އެފަދަ ވާހަކަތައް ދެކެވެން ފެށީ، ދެމީހުން އެކީގައި ދުވަސްކޮޅެއް ހޭދަކުރުމަށް ރާއްޖެ އައިސް އިންޑިއާ ދިޔަ ދުވަސްކޮޅެވެ.

ގިނަ ބަޔަކު އެފަދަ ވާހަކައެއް ދައްކާފައިވާއިރު، އަނުޝްކާވެސް އަދި ވިރާޓް ވެސް އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ގިނަ ބަޔަކު އެދެމަފިރިންނާއި ސޯޝަލްމީޑިއާގައި ދިމާކުރަން ފެށީ، ޗުއްޓީ ހޭދަކުރުމަށް ފަހު އެދެމަފިރިން އެއްކޮށް، ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިއުމުންނެވެ. އެހެންވެ ޗުއްޓީ ހޭދަކުރުމަށް ފަހު ހޮސްޕިޓަލަށް ދިޔައީ ބަނޑުބޮޑުވުމުން ކަމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ބުނެފައިވެ އެވެ.

ނަމަވެސް އެދެމަފިރިން އެކީގައި ހޮސްޕިޓަލަށް ދިޔައީ ފިޒިއޯތެރަޕިސްޓަކަށް ދެއްކުމަށް ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ހާމަކުރެ އެވެ. އަދި އަނުޝްކާއާ ގުޅުގައިގެން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރިޕޯޓުތަކުން ބުނެފައިވެ އެވެ.

އަނުޝްކާ އަކީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކުގައި ޖާގަ ހޯދައި، ކާމިޔާބު ރޯލުތަކެއް އަދާކޮށްފައިވާ ފަންނާނެކެވެ. އަދި ވިރާޓަކީ، ވެސް އިންޑިޔާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިކެޓާ އެކެވެ.

އެ ދެ މީހުންގެ ކައިވެންޏަށް މިހާރު ފަސް އަހަރު ފުރިފައިވާއިރު، އެ ދެމަފިރިންނަށް ވަނީ އަންހެން ކުއްޖެއްވެސް ލިބިފަ އެވެ.

އެ ދެމަފިރިންގެ ދަރިފުޅު، ވާމިކާގެ ބައެއް ފޮޓޯތައް މޫނު ނުފެންނަހެން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާއިރު، ވާމިކާގެ މޫނު ނުފެންނަ ފޮޓޯތައް އެކަނި ފެނި ވެސް ފޭނުންގެ ހިތްތައް ވަނީ ފުރާލާފަ އެވެ،