ސަލްމާނުގެ ކުރިއަށް އޮތް ފިލްމު "ކަބީ އީދު ކަބީ ދިވާލީ"ގެ ކާސްޓުންގެ ތެރޭގައި ސައުތުގެ ކާމިޔާބު އެކްޓަރު ރާމް ޗަރަން ވެސް ހިމެނިއްޖެ އެވެ.
އެ ފިލްމަކީ އެކްޝަން އާއި ކޮމެޑީ އިން ފުރިގެންވާ ފިލްމެއް ކަމަށް ސަލްމާން ޚާން ބުނެފައިވާއިރު، ގިނަ ބަޔަކު ދަނީ އެ ފިލްމު ބެލުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ހަމައެހެންމެ ފިލްމުގެ ކާސްޓާއި، ފިލްމުގެ ބައެއް ކަންކަމަށް އެކި ބަދަލުތައް ގެންނަ ވާހަކަތައް ފަހަކަށް އައިސް ދެކެވިފައިވެ އެވެ. އެގޮތުން ފިލްމުގެ ޑައިރެކްޓަރާއި ފިލްމުގެ ނަމަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ މައުލޫމާތު ލިބިފައިވެ އެވެ.
ފިލްމުގައި މިވަގުތު ކާސްޓުގެ ގޮތުގައި ޝެހެނާޒް ގިލް އާއި ރާގަވް ޖޫޔަލް އަދި ޕަލަކް ތިވާރީގެ އިތުރުން ސިދާތު ނިގަމް އާއި ޖެސީ ގިލް ހިމެނޭކަމަށްވެ އެވެ.
އޭގެ އިތުރުން ކާސްޓަށް އައި އިތުރު ކާމިޔާބު އެކްޓަރު ރާމްއާ އެކު ފިލްމު ވެގެންދާނީ ގިނަ ބަޔަކު ބަލައިލަން ބޭނުންވާނެ ފިލްމަކަށެވެ.
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!
38 މިނިޓަށް ކުރެވުނު ދުނިޔޭގެ އެންމެ ކުރު ހަނގުރާމަ
ގައުމުތަކުން އެމެރިކާއަށް އެއްބާރުލުން ނުދޭން އީރާނުން ގޮވާލައިފި
