ބައެއްގެ މަގުބޫލުކަން ލިބުނު ފިލްމު "ޑޮން" ގެ ތިންވަނަ ބައެއް ކުޅެން ނިންމާފައި ނުވާކަން ހާމަވެއްޖެ އެވެ.

ޑޮންގެ ތިންވަނަ ބައެއް ކުޅޭނެކަމަށް ސޯޝަލްމީޑިއާގައި މީގެ ކުރިން ވާހަކަ ދެކެވިފައިވެ އެވެ. އެގޮތުން އެ ސީކުއެލްގައި އެކަކުގެ ބަދަލުގައި ދެ ޑޮން އެއް އުޅޭނެކަމަށް ހަބަރު ފެތުރިފައިވެ އެވެ.

ޑޮންގެ ރޯލު އަދާކުރާނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން އާއި ޝާހުރުކް ޚާން ކަން ހާމަވުމުން ފޭނުން ވަނީ އެ ދެފަންނާނުން އެކީގައި މުހިންމު ރޯލުތަކުން ފެންނާނެ ކަމަށް ސޯޝަލްމީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން ޑޮންގެ ތިންވަނަ ބައިގައި ބޮލީވުޑްގެ ފުންނާބު އިސް ތަރިންވެސް ފެނިގެން ދާނެކަމަށް މީގެ ކުރިން ފެތުރިފައިވެ އެވެ. އެގޮތުން ކެޓްރީނާ ކެއިފް އާއި ޕްރިޔަންކާ ޗޯޕްރާގެ އިތުރުން އާލިއާ ބަޓް ވެސް ފެނިގެންދާނެ ކަމަށްވެ އެވެ.

ނަމަވެސް ޑޮންގެ ފިލްމު ޑައިރެކްޓު ކުރާ ޑައިރެކްޓަރު ފަރްހާން އަޚްތަރު ވަނީ މި ހަބަރުތައް ދޮގުކޮށްފަ އެވެ. އެގޮތުން އޭނާ ޑޮންގެ ތިންވަނަ ބައެއް ނެރުމަށް މަސައްކަތް ނުކުރާކަމަށް ބުނެފައިވެ އެވެ.

ޑޮންގެ ފުރަތަމަ ބައި އެންމެ ފުރަތަމަ ރިލީޒްވީ 1978 ވަނަ އަހަރުގަ އެވެ. އެއަހަރު ފިލްމުގެ ބަތަލެއްގެ ރޯލު ކުޅުނީ އަމީތާބު ބައްޗަން އެވެ.