ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ލީކު ކޮށްލައިފި އެވެ.
އެވީޑިއޯ އިން ނާޒިމް ސައްތާރާއި ބިދޭސީ ޒުވާން ފިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި އެއްޖިންސުން ގުޅުން ހިނގާތަން ވަރަށް ސާފުކޮށް ފެނެ އެވެ. މިހަޑި މުޑުދާރު އަމަލާ ގުޅިގެން ސޯޝަލް މީޑިއާގައި އާއްމު ފަރާތްތަކުންދަނީ އޭނާ ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.
މިކަމާ ގުޅިގެން ނާޒިމް ވަނީ އެ ވީޑިއޯގައި ވަނީ އޭނާ ނޫން ކަމަށް ބުނެ، އެކަން ދޮގު ކޮށްފަ އެވެ.
ނާޒިމް މިކަން ދޮގުކުރި ނަމަވެސް ޓުވިޓާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި އެއީ ނާޒިމްކަން ޝައްކެތް މިންވަރަށް ފެނެ އެވެ.
ނާޒިމް ސައްތާރަކީ ގާނޫނީ ވަކީލެއްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ވެސް މެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނީ މިކަމާ ގުޅިގެން މުއައްސަސާތަކުން އެއްވެސް އެއްޗެއް ނުބުނާތީ އެވެ. އަދި އިލްމުވެރިން ހައްޔަރުކޮށް ޖަލަށް ލަމުންދާއިރު މިފަދަ ފާހިޝް އަމަލުތައް ހިންގާ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވެސް ސޯޝަލް މީޑިއާގައި އަޑު އުފުލަމުންދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން ގިނަ އަދަދެއްގެ އިލްމުވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ދައުރުވަމުންދާ ވީޑިއޯ ލީކުކޮށްލީ ކޮންބައެއްކަން ހޯދުމަށް ނާޒިމް މިހާރު ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ފަހުން ބުނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ.
"ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެ ވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭ މައްސަލަ މިއަދު ވަނީ ތަހުގީގުކުރަން ފަށާފައި. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުންދަނީ އޭނާއަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި މިފަދަ އަމަލުތައް ހިންގާ މީހުންނަށް ހިމާޔަތްދޭ ގޮތަށް އޭނާއަށްވެސް ހިމާޔަތް ދީ ގައުމުން ފުރުވާލާނެ ކަމަށެވެ.