ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭނާ ބިދޭސީ ޒުވާން ފިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި އެއްޖިންސުން ގުޅުން ހިނގާތަން ވަރަށް ސާފުކޮށް ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާކަން ފާހަގަކޮށް، އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި އެކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައި ވަނިކޮށެވެ.

އެގޮތުން އެ ވީޑިއޯއިން ފެންނަ ފަރާތް ހޯދައި، އެމީހަކު ހައްޔަރުކުރުމަށާއި، ދައުވާ އުފުލުމުގެ އިތުރުން، މީގެ ކުރިންވެސް މިފަދަ ފާހިޝް އަމަލުތަކުގެ ތުހުމަތު ކުރެވިފައިވާ މީހުން ރާއްޖެއިން ބޭރަށް ފުރުވާލުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށް މި މައްސަލަ ވެސް އެފަދައިން އޮއްބައި ނުލައި ނާޒިމް ފުރުވައިނުލުމަށް އިދިކޮޅުން ގޮވާލާފައިވެ އެވެ.

އޭނާގެ ޕާސްޕޯޓު ހިފެހެއްޓިކަން ކަށަވަރުވި ނަމަވެސް އެކަން ރަސްމީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނާޒިމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އޭނާ ވަނީ އޭނާގެ ޓްވިޓާ އެކައުންޓު ވެސް ޑިއެކްޓިވޭޓް ކޮށްފަ އެވެ. އަދި އޭނާގެ ޓުވިޓާ ޑިއެކްޓިވޭޓް ކުރުމުގެ ކުރިން ނާޒިމް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ނާޒިމްގެ ވީޑިއޯއެއް އާންމުވެ، އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އޭނާ ފުލުހަށް ހާޒިރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ ހައްޔަރުނުކޮށް ފުރިހަމަ ހިމާޔަތުގައި ނިކުމެގެން އަންނަ މަންޒަރު ފެނުމުން އާންމުން ވަނީ އޭނާ ވަގުތުން ވަގުތައް ހައްޔަރުކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.