ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ލިސްޓުގައި އައިޝްވަރްޔާ ރާއި އާއު ސޯނަމް ކަޕޫރު ހިމެނެ އެވެ.
ދެ ފަންނާނުންނަކީ ވެސް ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ތަރިންނެވެ. ހަމައެހެންމެ މި ދެ ފަންނާނުންގެ ޒާތީ ކޮންމެ ކަމަކީ ވެސް ބެލުންތެރިން ބަލައި އޮޅުން ފިލުވަން ބޭނުންވާނެ މައުލޫމާތުތަކެކެވެ.
އެގޮތުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ކަމަކީ ސޯނަމް އާއި އައިޝްވަރްޔާގެ މެދުގައި ހިނގި ހަމަނުޖެހުމެވެ. ސޯނަމް އައިޝްވަރްޔާއާ ދިމާލަށް ދައްތައޭ ގޮވުމުން އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މިކަން ހިނގީ 2009 ވަނަ އަހަރު ސޯނަމްއަށް ބިއުޓީ ބްރޭންޑެއްގެ އެމްބެސެޑަރުކަން ހަވާލުކުރެވުނު އިރެއްގަ އެވެ. އެ ބްރޭންޑް އެންޑޯސް ކޮށްފައިވަނީ ވެސް އައީޝްވަރްޔާ އެވެ. އަދި މިކަމުގެ ތެރެއިން ދެކެވުނު ވާހަކައެއްގެ ތެރެއިން ސޯނަމް ވަނީ އައިޝްވަރްޔާއާ ދިމާލަށް ދައްތަގެ ނަމުން ގޮވާފަ އެވެ.
މިކަން އިތުރަށް ކިޔައިދެމުން ސޯނަމް ބުނީ އޭނާ އައިޝްވަރްޔާއާ ދިމާލަށް ދައްތަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރް އާއެކު އައިޝްވަރްޔާ މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.
ނަމަވެސް އިންޑިއާގައި ޒުވާން އަންހެނުންނާއި ދިމާލަށް "ދައްތަ"ގެ ނަމުން ކިޔުމަކީ އިހުތިރާމު ކުޑަކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމާ ގުޅިގެން އައިޝްވަރްޔާ ވަނީ ދުވަހަކު ވެސް ސޯނަމްއާއެކު މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ.
ސޯނަމްގެ ފެންނަނީ ގުދުރަތީ ރީތިކަން. އައިޝްވާރިޔާ ފެނުނީމަ ވެސް ހީވަނީ ޕްލާސްޓިކް ގަނޑެއް ފެންނަފެން..